މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ތިރީގައި މި ދަންނަވާ މަޤާމުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ރެޖިސްޓަރޑް ނާރސް

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަރުޠު:

ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ދިވެހި ރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރެއްވުމަށް ބޭނުންވާ ރަށެއް އެނގޭނެހެން 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެދިލައްވާ ރަށެއްގައި ހުސް މަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން) ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެ ރަށެއްގައި ހުސް މަޤާމު އޮތް އަދަދަށްވުރެ ގިނަ ފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.   

މި ވަޒީފާއަށްއެދި ހުށަހަޅުއްވާއިރު ލިބިފައިވާ ނާރސިންގ ސެޓުފިކެޓާއި ނާރސިންގ ކައުންސިލްގެ ރެޖިސްޓްރޭޝަން އާއި ލައިސަންސް އަދި އައި.ޑީ ކާޑުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން ) ހުށަހެޅުއްވުން އެދެމެވެ. މިކަންކަން ފުރިހަމަ ނުކުރައްވާ ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 3014431، 3014438 ފޯނަށް ގުޅުއްވުން އެދެމެވެ.

------------------------------

15 ޛުލްޤަޢިދާ 1435 

10 ސެޕްޓެންބަރު 2014
ހޯދާ