މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުން

ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2023 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވެއެވެ. މިގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ވަނީ ގަސްތުކުރެވިފައެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހުށަހަޅާ ލިޔެކިޔުންތަކަށާއި ކޮންސެޕްޓް ނޯޓް އަދި ތީމްގެ ޑްރާފްޓަށް ބަލައި، ޓެކްނިކަލް އިވެލުއޭޝަނެއް ހެދޭނެއެވެ. ޓެކްނިކަލް އިވެލުއޭޝަންއިން 75% އަށްވުރެ މަތިން މާކުސް ހޯދާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ހޮވިގެންދާނީ އެ ފަރާތްތަކުން ހުށަހަޅައިފައިވާ އަގަށް ބިނާކޮށެވެ. 

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކޮށްފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:30 އަށް ވަޑައިގެން ޓީ.އޯ.އާރގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅައިގެން ނުވަތަ އީމޭލްގެ ޒަރިއްޔާއިން ހުށަހެޅުއްވޭނެއެވެ.

ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected] އަދި [email protected]

17 މޭ 2022
ހޯދާ