މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސ.ހިތަދޫގައި ޤާއިމކުރާ 100 އެނދުގެ ހޮސްޕިޓަލް ޤާއިމްކުރުމުގެ ޕްރޮޖެޓްގެ ދަށުން 'ޕްރޮޖެކްޓް ޑައިރެކްޓަރ/ޕްރޮޖެކްޓް އިންޖިނިއަރ' އެއް ހޯދުމަށް ވަޒީފާއަށް އިއުލާން ކުރުން.

ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލުން

ސ.ހިތަދޫ ހޮސްޕިޓަލް  ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރ:1459P

ސ.ހިތަދޫގައި ޤާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލް ޤާއިމުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 'ޕްރޮޖެކްޓް ޑައިރެކްޓަރ/ޕްރޮޖެކްޓް އިންޖިނިއަރ' އެއް ހޯދުމަށް ވަޒީފާއަށް އިޢުލާން ކުރުން

ސައުދީ ފަންޑް ފޯރ ޑިވެލޮޕމަންޓާއި އޮފިޑުގެ ލޯން އެހީގެ ދަށުން ސ.ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި މަޝްރޫޢުގައި މަސައްކަތް ކުރުމަށް ކޮންސަލްޓެންޓް ސްޓާފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓް ޑައިރެކްޓަރ/ޕްރޮޖެކްޓް އިންޖިނިއަރ ކަމުގެ މަޤާމަށް ހޮވޭ ޤާބިލު މުވައްޒަފަށް ކަނޑައެޅިފައިވާ އުސޫލުން މުސާރަ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރާ ޕީ.އެމް.ޔޫ. ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޕްރޮޖެކްޓް ޑައިރެކްޓަރ /ޕްރޮޖެކްޓް އިންޖިނިއަރ އެއްގެ މަޤާމަށް މީހަކު ހޯދުމަށްކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީވެ، 21 އޮގަސްޓް 2014 ގައި ކުރެވުނު އިޢުލާން ނަންބަރު (IUL)138-ES2/1/2014/143 ބާޠިލުކޮށް އަލުން އެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.        

މައިގަނޑު މަގްސަދު:

މި ކޮންސަލްޓެންސީން ހާސިލު ކުރަން ބޭނުންވާ މައިގަނޑު މަގްސަދަކީ، ޕްރޮޖެކްޓުގެ ދަށުން ޤާއިމް ކުރެވޭ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އެމް.ޔޫ) މެނޭޖްކުރުމާއި ޕްރޮޖެކްޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ހިންގުމެވެ. މީގެ އިތުރުން ޕްރޮޖެކްޓުގެ ޕްރޮގްރެސް މޮނިޓަރކޮށް ބަލަހައްޓައި ޕްރޮޖެކްޓް ކޯރޑިނޭޓްކޮށް ކުރިއަށް ގެންދިއުމުގައި ކޮންސްޓްރަކްޝަން އޫސޫލާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވި ގޮތަށް ކުރިއަށް ގެންދިއުމެވެ.

މުއްދަތު:

މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ނަމަވެސް ކޮންޓްރެކްޓް ކުރެވޭނީ ޕްރޮޖެކްޓް ކުރިއަށްދާ ގޮތާއި ވޭރިއޭޝަންތަކަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ. އަދި މި ކޮންޓްރެކްޓް ކުރެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފެއްގެ ގޮތުގައެވެ.

މުސާރަ: ދެ ފަރާތުން އެއްބަސްވެވޭ ހަމަޖެހޭ އުސޫލެއްގެ މަތިން ކަނޑައަޅޭ ގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

- ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ދާއިރާއިން މާރސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

- ޕްރޮޖެކްޓް މެނޭޖްމެންޓްުގެ ދާއިރާއިން މާރސްޓަރސް ހާސިލުކޮށްފައިވާނަމަ ސިވިލް ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގ އިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން

- ކޮންސްޓްރަކްޝަން ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކުރުމުގައި މަދުވެގެން 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

- އެސް.އެފް.ޑީ / އޮފިޑް ޕްރޮކިއުމަންޓާއި ޑިސްބާރސްމަންޓް ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކުގެ ގައިޑްލައިންސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެ.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ (އެމް.އެސް ޕްރޮޖެކްޓް، ޕަވަރ ޕޮއިންޓް، އެކްސެލް އަދި ވޯރޑް) ޕްރޮގްރާމްތަކަށް ރަނގަޅަށް އެގުން.

ވަޒީފާއަށް އެންމެ ޤާބިލު މީހުން ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ސަރުކާރުގެ އިސް ވެރިންނާއި އަދި ޢާއްމު ފަރާތްތަކާ މުޢާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.
  • މަސައްކަތާ ގުޅުން ހުރި ފަރާތްތަކާއި ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަވިނި ގޮތުގައި ތަންފީޒް ކުރުމުގެ ޤާބިލުކަން ހުރުން.

މިނިސްޓްރީ އޮފް ހައުސިންގ އެންގ އިންފްރާސްޓްރަކްޗަރގެ ފަރާތުން ޕްރޮޖެކްޓް ޑައިރެކްޓަރ / ޕްރޮޖެކްޓް އިންޖިނިއަރ ކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުސަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތައް 23 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 1430 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ސީ.ވީ، އައި.ޑީ ކާޑުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާއާ ގުޅޭ އެންމެހާ ލިޔެކިއުންތައް އެޓޭޗްކޮށް ދެއްވުންއެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އަމަލުކުރާނީ އެސް.އެފް.ޑީ / އޯފިޑް ގައިޑްލައިންސް ގައިވާ އުސޫލާ އެއްގޮތަށެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.ރ) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.  

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329   މާލެ / ދިވެހިރާއްޖެ

ފޯން:   3004162 960  / 3004300 960

ފެކްސް: 3004301 960 

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

09 ސެޕްޓެންބަރު 2014
ހޯދާ