ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މިލްކުވެރިކަމާ ގުޅޭ.

ކުޑަހުވަދޫގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، ހެދުމަށް ކަނޑައަޅާފައިވާ މަގުތަކަށް އަރާ ރުއްގަހުގައި ފެހިކުލައިން ނަންބަރު ޖަހާފައި ވާނެއެވެ. ވީމާ މި ރުއްގަހުގެ ވެރިން، ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި، ރުއްގަސްހުރި ތަނާއި، ރުއްގަހުގެ ވެރިފަރާތް އެނގޭނޭހެން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން 2022 މެއި 31 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • ބަދަލުލިބޭނީ މިއިދާރާގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އިދާރާގެ ހުއްދަލިބިގެން އިންދާފައިވާ ނުވަތަ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީގެން، މިއިދާރާގެ ލިޔެކިޔުންތަކުން ފެންނަން ހުންނަ ތަކެއްޗަކެވެ. މިނޫންތަކެއްޗަށް ބަދަލެއް ނުލިބޭނެއެވެ.
  • މި މަޝްރޫއުގެ ދަށުން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ މަގުތަކުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި ބަހައްޓާފައިވާ ތަކެތި މަތީގައިވާ ތާރީހްގެ ކުރިން ނެންގެވުން އެދެމެވެ.
  • މަތީގައިވާ ތާރީހަށް ނުނަގައި ހުންނަ ރުއްގަހާއި ތަކެތި މިއިދާރާއިން ނުވަތަ މަޝްރޫއު ކުރިއަށްގެންދާ ފަރާތުން ނަގަމުން ގެންދާނެއެވެ.
  • މި މަޝްރޫޢުގެދަށުން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ މަގުތައް އެނގޭނެ ކުރެހުމެއް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ނަންބަރު ޖަހާފައިވާ ރުއްގަހާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

       

މަގުގެ ނަން

ރުއްގަހުގައި ޖަހާފައިވާ ނަންބަރު

ރަތްވިލާ މަގު ( ކްއީންގޭ ހުޅަނގުންދާމަގު)

1 ން 118 ށް

އޯކިޑްމަގު ( ދެތަނޑިމާގެ/ވައިލެޓްގޭ   އުތުރުންދާމަގު)

1 ން 103 ށް

ބޮޑުރަސްގެފާނުމަގު (އަކިރޭރޭ ފުޓްސަލް ދަނޑުގެ ދެކުނުންދާމަގު)

1 ން 9 ށް

ބުރު 

1 ން 127 ށް

ދޮށިމޭނާމަގު ( ދ.އެއަރޕޯޓްގެ އުތުރުންދާމަގު)

1 ން 125 ށް

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 މޭ 2022
ހޯދާ