މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިޙާން

އިޢުލާން

 

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ އިއުލާން ނަންބަރު (IUL)23-MAHC/23/2017/49 ގައި ދެންނެވިފައިވާފަދައިން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ބިދޭސީ ފަރާތްތަކުގެ އިނގިރޭސި ބަހުގެ ފެންވަރު ބަލަމުންގެންދަނީ IELTS 5.5 ނުވަތަ އެއާއި އެއްފެންވަރުގެ ކައުންސިލްއިން ބަލައިގަންނަ އިމްތިޙާނަކުން ފާސްވުމުންނެވެ.

IELTS 5.5 ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން ފާސްވިކަމުގެ ނަތީޖާއެއް ހުށަހަޅަން ނުޖެހޭކަމަށް މިކައުންސިލުން ކަނޑައަޅާފައިވާ ޕްރޮފެޝަންސްތަކަށް އިނގެރޭސި ފެންވަރު ވަޒަންކުރުމުގެ އިންޓަވިއުއެއް ކުރެވޭނެއެވެ. މިގޮތަށް އިންޓަވިއު ކުރެވޭ ޕްރޮފެޝަނަލް ދާއިރާތައް ތިރީގައި މިވަނީއެވެ. 

  • ފާމަސިސްޓް
  • މެޑިކަލް ލެބޯރޭޓަރީ ޓެކްނޮލޮޖިސްޓް
  • އޮޕްޓޮމެޓްރިސްޓް
  • ރޭޑިއޯގްރަފާ
  • ޑެންޓަލް ހައިޖީނިސްޓް
  • ޑެންޓަލް ތެރަޕިސްޓް 
  • އެމެޖެންސީ މެޑިކަލް ޓެކްނިޝަން 
  • EEG/EMG ޓެކްނިޝަން
  • ECG ޓެކްނިޝަން
  • ކާޑިއޯ ވަސްކިއުލާ ޓެކްނިޝަން 
  • އޮޕަރޭޝަން ތިއޭޓަރ ޓެކްނިޝަން
 

 

އިންޓަރވިއު އޮންނަ ދުވަސްތަކުގެ މައުލޫމާތު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބި ވަޑައިގަންނަވާނެއެވެ.

17 މޭ 2022
ހޯދާ