ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރުން

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގެ ބައިވެރިން މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ފުރިހަމަކުރުމުގެ ސުންގަޑިއަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2022 މެއި 30ވާ އަންގާރަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.

މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230ން ލިބޭނެއެވެ.

17 މޭ 2022
ހޯދާ