މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

މި އިދާރާގެ ނަންބަރު: (IUL)305/305/2014/107 (02 ސެޕްޓެންބަރު 2014) ގެ އިޢުލާނަށް އިޖާބަ ދެއްވައި ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ ރ. މާކުރަތު ޕްރީސްކޫލް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިއަކު ވޭތޯ ބެލުމަށް އަލުން އިޢުލާނުކުރީމެވެ.

ޕްރީ ސްކޫލު އެޅުމަށް ހަމަޖެހިފައިވަނީ ރ. މާކުރަތު ސްކޫލުގެ ދެކުނުން ފުޓްބޯޅަ ދަނޑުގެ އިރުމަތިން، "ސޯމާ" ކިޔާ ގޯތީގެ ހުޅަނގުން އޮތް ބިމުގައެވެ. އެ ސަރަހައްދުގައި ހުރި ރުއްގަހުގައި މި ކައުންސިލުން ހުދުދަވާދުން ވާނީ ނަންބަރު ޖަހާފައެވެ. އަދި ވެރިން ހޯދުމަށް ބޭނުންވާ ރުއްގަހުގެ ލިސްޓް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިޔަކު ވާނަމަ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު ޤާނޫނު ނަންބަރު: 98 /21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން މިތަކެއްޗާމެދު އަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ