ދިވެހިރާއްޖެ
ދާއިމީ ވޮޗަރެއްގެ މަޤާމަށް މީހަކު ހޯދުމަށް މި ކޯޓުން ކުރި ނަންބަރު:I6C/2014/05 (ސެޕްޓެންބަރު 9، 2014) އިޢްލާނު ގެޒެޓުގައި ޝާއިޢުކުރެވިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢްލާނުކުރަމެވެ.
މަޤާމު: ވޮޗަރ (ދާއިމީ) ރޭންކް: އެސް. އެސް 1
މަސައްކަތް ކުރަންޖެހޭތަން: އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓް އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
މަޤާމަށް ލިބޭ އެލަވަންސް:
- ސަރވިސް އެލަވަންސް -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
- ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސް ލިބޭނެ.
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
އަސާސީ ޝަރުޠު:މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން ދަތުން.
މަޤާމުގެ މަސްޢޫލިއްޔަތު: ކޯޓުގެ ޢިމާރާތާއި، ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.
ހުށަހަޅަންޖެހޭ ތަކެތި:
1- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ)
4- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
ސުންގަޑި: 2014 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން.
އިތުރުމަޢުލޫމާތު: މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް:www.judiciary.gov.mv ން ލިބެން ހުންނާނެއެވެ.