ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑު ގޯލް ފުޓުބޯޅަ މުބާރާތެއް ހިންގުމަށް ކައުންސިލުން ދޫކުރާ އެހީއަށް ކުރިމަތިލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ފުރުސަތު ހުޅުވާލުން

މިރަށުގައި ބޮޑު ގޯލް ފުޓުބޯޅަ މުބާރަތެއް ހިންގުމަށް ބޭނުންވާ ކުލަބު ޖަމްޢިއްޔާތަކަށް ކައުންސިލްގެ އެއީއަށް އެދުމުގެ ފުރުސަތުހުޅުވާލަމެވެ. މިފުރުސަތު ހުޅުވާލެވިފައިވަނީ މިރަށުގެ ކުލަބު ޖަމްޢިއްޔާތަކަށެވެ.

އެގޮތުން މިކަމަށް ހުށަހަޅާ ޕޮރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކަށް މުބާރާތް ހިންގުމަށް -/30000 ( ތިރީސްހާސް ރުފިޔާ) އެހީ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވެއެވެ.

ޕޮރޮޕޯސަލް ހުށަހަޅަންވީ ސުންގަޑި:

22 މެއި 2022 – 13:00 ކުރިން

[email protected]

 

  

ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ:

މުބާރާތްހިންގުމަށް އެޖަމްޢިއްޔާ/ކުލަބު އަކުން ކުރާނެ ޙަރަދު

80%

މުބާރާތް ހިންގުމުގެ ތަޖުރިބާ

20% ( ހިންގާފައިވާ ކޮންމެ މުބާރާތަކަށް 5 ޕޮއިންޓް)

 

                      16 މެއި 2022

 

16 މޭ 2022
ހޯދާ