އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުސަތު

1. މަޤާމު

މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު: 219286

މުސާރަ

-/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް

އިތުރުގަޑިއާއި ބަންދު ދުވަހުގެފައިސާ "ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

އައްޑޫ ސިޓީގެ މަރަދޫފޭދޫ އަވަށުގެ މިސްކިތްތަކުގެ ތެރެއިން، މަރަދޫފޭދޫ އަވަށު އޮފީހުން ހަވާލުކުރާ މިސްކިތުގެ ގޯތިތެރެއާއި މަގުމަތި ވިނަނޮޅައި ކުނިކަހައި ސާފުކުރުމާއި، މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރިކުރުމުގައި ކުރަންޖެހޭ މަސައްކަތާއި، މިސްކިތުގެ ފެން އިސްކުރުބަރިއާއި ފާޚާނާ ސާފުކޮށް ބެލެހެއްޓުމާއި،  ކޮންމެ ނަމާދު ވަގުތަކަށް މިސްކިތް ތައްޔާރުކޮށް، ޢާއްމުކޮށް މިސްކިތް ފޮޅައި ސާފުކުރުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭތަން

މަރަދޫފޭދޫ އަވަށުގެ މިސްކިތްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ޤާބިލުކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަރވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރު ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2. ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ (ދެފުށްފެންނަ) ސާފު ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް"
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި ޝޯޓްލިސްޓްކުރުން

ވަޒީފާއަށް ކުރިމަތިލާ މީހުން ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް، ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިގޮތުން ޝޯޓްލިސްޓް ކުރުމުގައި ބެލޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ސުންގަޑި

2014 ސެޕްޓެންބަރު 22 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން މަރަދޫފޭދޫ އަވަށު އޮފީހަށް

އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މަރަދޫފޭދޫ އަވަށު އޮފީހުގެ ނަންބަރު 6891523 ފޯނަށް ގުޅުން އެދެމެވެ.

15 ޛުލްޤަޢިދާ 1435

10 ސެޕްޓެންބަރު 2014
ހޯދާ