ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީއަށް މިނަރަލް ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން 02 ސެޕްޓެންބަރު 2014ގައި ކުރެވުނު އިޢުލާން ނަންބަރު:IUL)13-E/13/2014/284) އަށް އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައިނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
16 ޛުލްޤަޢިދާ 1435