ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2022/53
އިޢުލާން
"ޓީމް ހަނިމާދޫ" ޓީމުގެ ޖޯޒީ ފަރުމާކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.
މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް "ޓީމް ހަނިމާދޫ" ޓީމުގެ ޖޯޒީ ފަރުމާކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2022 މެއި 23 ވަނަ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 މެއި 26 ވަނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޝައްވާލް 1443
16 މެއި 2022