ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މުވައްޒަފުން ތިބުމަށް ގެއެއް ކުއްޔަށް ހިފުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި، 1 (އެކެއް) އަހަރު ދުވަހަށް އެމް.ޓީ.ސީ.ސީ ގެ މުވައްޒަފުން ތިބުމަށްޓަކައި ރަތަފަންދޫއިން 03 ކޮޓަރި، 03 ފާޙާނާ، ސިޓިންރޫމް އަދި ބަދިގެ(ކާތަން ހިމެނޭގޮތަށް) ގެއެއް މަސައްކަތްކުރާ ސަރަހައްދާއި ކައިރިން ކުއްޔަށް ހިފުމަށް އެކުންފުނިން ބޭނުންވެއެވެ.

 ވީމާ ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މެއި 2022 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

 

ހުށަހަޅަން ޖެހޭ ލިއުންތައް

(ހ) ގޭގެ ވެރިފަރާތުގެ އައިޑީކާޑްގެ ދެފުށުގެ ސާފު ކޮޕީ.

(ށ) އިމާރާތް މަހު ކުއްޔަށް ދިނުމަށް ހުށަހަޅާ އަގު ބަޔާންކޮށްފައިވާ ލިޔުން.

(ނ) އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ވެރިފަރާތުން ސޮއިކޮށްފައިވާ ސިޓީ (ކޮންސެންޓް ލެޓަރ).

 އަންދާސީ ހިސާބު ހުޅުވުން

(ހ) އަންދާސީ ހިސާބު ހުޅުއްވާނީ 23 މެއި 2022 ވާ ހޯމަދުވަހު 13:00 ގައި ރަތަފަންދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

(ށ) އަންދާސީ ހިސާބު ހުޅުވާ ބައްދަލުވުމުގައި ހުށަހަޅާ އެއްވެސް  ލިޔެކިއުމަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މި ޢިއުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 6840016 އަށް ގުޅުއްވުން އެދެމެވެ.

 

              މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

               

                16  މެއި  2022

16 މޭ 2022
ހޯދާ