ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުދަންކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު އާންމުކުރުން
ގަވައިދު ނަންބަރު: 2018/R-69 (ދިރިއުޅުމުގެ ބޭނުމަށްނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމުގެ ގަވައިދު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވައިދު ނަންބަރު: 2021/R-157 އާއި ގުޅިގެން، ތ.ވިލުފުށިން ގުދަން ކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކުރުމުގައި ކައުންސިލުން ބަލާނެ މިންގަނޑުތައް ކަނޑައަޅައި، އެކަން ބަޔާންކުރާ އުޞޫލެއް އެކުލަވާލައި ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ވީމާ، ކޮޅުމަޑުލު ވިލުފުށިން ގުދަންކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު މިއިޢުލާނާއެކު އާންމުކުރީމެވެ. މި އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.
16 މޭ 2022
ހޯދާ