މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވޯކް-އިން އިންޓަވިއު 17.05.2022 ހެންވޭރު ޓާމިނަލް ގައި

 

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއެވެ.

ލޭބަރަރ (ކޮންސްޓްރަކްޝަން)

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

އަދަދު

120

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އިރުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސްތަކާއެކު ޖުމްލަކޮށް މަހެއްގެ މައްޗަށް ޖެހޭނެ އަދަދެވެ)       

  • 10،300 އާއި 13،700ރ އައި ދެމެދު
  • ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުން.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 8-12 ގަޑިއިރު

ޝަރުޠު

  • އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.
  • ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ ފަރަތެއް ކަމުގައިވުން.
  • ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

ކުންފުނިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގައި އަމަލީގޮތުން މަސައްކަތްކޮށް ހަވަލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސީވީއައި އައިޑީ ކާޑް ކޮޕީއަކާއިއެކު އެމްޓީސީސީގެ ހެންވޭރު ޓާރމިނަލް ގައި 2022 މެއި 2022 ވަނަދުވަހު 16:00 އިން 20:00 އަށް #ޖޮނިންޓީމްއެމްޓީސީސީ ނަމުގައި ކުރިޔަށް ގެންދާ އޯޕެން-ޑޭ ގައި ބައިވެރިވުންއެދެމެވެ.  

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

15 މެއި 2022

15 މޭ 2022
ހޯދާ