ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ޓްރޭޑް ސެންޓަރުގެ ބުލޮކް 01-14,15 މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯ ޕލކގެ ޓްރޭޑް ސެންޓަރު ބުލޮކް 01-14,15 މަރާމާތުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް: މި ކުންފުނީގެ ޓްރޭޑް ސެންޓަރު ބުލޮކް 01-14,15 މަރާމާތުކޮށްދިނުން
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ވަޑައިގެން ރަޖިސްޓަރީކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.
ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 10:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން: 3344318 ، 3344196
ފެކްސް: 3344633
އީމެއިލް: [email protected]
20 ޛުލްޤަޢިދާ 1435