މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އައްސޭރި ޖަލުގެ އިމާރާތެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ އައްސޭރި ޖަލުގެ ޔުނިޓް-1 ގެ ވިންގް 01، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް  ހޯދަން  ކުރެވުނު ނަންބަރު: (IUL) 167-PR/167/2022/47 އިޢުލާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް އަންދާސީ ހިސާބުހުށަހަޅާފައި ނުވާތީ އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

25 މޭ  2022

ބުދަ

11:30

އަންދާސީހިސާބު ހުށަހެޅުން

02 ޖޫން 2022

ބުރާސްފަތި

11:30

15 މޭ 2022
ހޯދާ