ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ ނެޓްވޯރކް އެޑްމިނިސްޓްރޭޝަން

މަޤާމް :ސީނިއަރ ނެޓްވޯރކް އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                         

މަޤާމް:

ސީނިއަރ ނެޓްވޯރކް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/10,000ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 1

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

އަންޑަގްރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ ބްރޯޑްކާސްޓް އަދި ކޯޕަރޭޓް ނެޓްވޯރކް އަދި ސާވާތައް ކޮންފިގަރކޮށް އެޑްމިނިސްޓްރޭޓްކޮށް ބެލެހެއްޓުމާ ގަވައިދުން ސާވާ ތަކުގެ ބެކްއަޕް ނެގުން އަދި ނެޓްވޯކްއަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުން އަދި މިމަސަތްކަތް  ޔުނިޓްގެ އެހެން މުވައްޒަފުން ލައްވާ މިމަސަތްކަތް ކުރުވުން
  • އިންޓަނެޓް ޕެރެފެރެލްސްތައް ބެލެހެއްޓުމާއި އެތަކެތި ކޮންފިގަރކުރުން އަދި މަސައްކަތާގުޅޭ ކަންކަން ޔުނިޓްގެ އެހެން މުވައްޒަފުން ލަށްވާ ކުރުވުން
  • ކުންފުނީގެ ނެޓްވޯރކްސެކުއިރިޓީ  ޕޮލިސީތައް އިމްޕްލިމެންޓްކޮށް  ޑޭޓާ އަދި ބެކްއަޕްތަށް   ރައްކާތެރިކަމާ އެކު ބެލެހެއްޓުން
  • ނެޓްވޯރކް ވަލްނަރަބިލިޓީސް އައިޑެންޓިފައި ކޮށް އެކަންކަން އިސްލާހު ކުރުން
  • ކުންފުނީގެ މުވައްޒަފުންނަށް ނެޓްވޯރކް ސެކުރިޓީއާއި ގުޅުން ހުރިކަންތައްތަކާ ބެހޭގޮތުން އެވެޔާނަސް ޕްރޮގޮރާމް ހިންގުން
  • އަލަށް ނެޓްވޯކާ ގުޅަންބޭނުންވާ ކޮންޕިއުޓަރުތައް ނެޓްވޯކްއަށް ގުޅައިދިނުމާއި އަލަށް ނެޓްވޯކް އަޅަންޖެހޭތަންތަނަށް އަޅައިދިނުން
  • ފަޔަވޯލް ބެލެހެއްޓުމާއި އެތަކެތި ކޮންފިގާކުރުން
  • އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި. އެއްމެ އެކަށޭނަ ގޮތެއްގައި އެސާމާނު ބޭނުން ކުރެވޭނޭ ގޮތްގޮތް ހޯދައި، ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުން
  • ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް، ބްރޯޑްކާސްޓިންތެރެއަށް ތައާރަފް ކުރުމަށް ރިސާޗް ކުރުމާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިންޕްލިމެންޓްކުރުމަށް މަސައްކަތްކުރުން

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 މޭ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                          14 ޝައްވާލް 1443

15 މޭ 2022
ހޯދާ