ދިވެހިރާއްޖެ
އުކުޅަހު ސްކޫލްގެ ސްޓާރފް ރޫމްގައި މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022 މެއި 16 ން 2022 މެއި 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 11:00 އަށް މިއިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ނަންނޯޓް ކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓް ކޮޕީ ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2022 މެއި 22 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި އުކުޅަހު ސްކޫލް އޮފީހުގައެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މެއި 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
އުކުޅަހު ސްކޫލް / އއ.އުކުޅަސް
ފޯން: 9996669
އީމެއިލް: [email protected]
ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.