މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ގެތަކުގައި ނަންބޯޑް ހަރުކުރުމާއިގުޅޭ

އިޢުލާން

 

                                                      ނަންބަރ: (IUL)307/INDIV/2022/33

މިރަށު ގެތަކުގައި ނަންބޯޑް ހަރުކުރުމާއިގުޅޭ:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ އިން ކޮންމެ 5 އަހަރަކުން 1 އަހަރު ކުރިއަށް ގެންދާ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް 17 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މިމަސައްކަތް ކުރުމަށް މުޅި ރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް ނެގުމަށްޓަކައި ރަށްރަށުގައި ގޭގޭގެ ނަންބޯޑުތައް ހަރުކުރުމަށް މިނިސްޓްރީންވަނީ އަންގާފައެވެ.

ވީމާ، 31 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ ކުރިން މިރަށުގެ ނަންބޯޑު ހަރުކޮށްފައިނުވާ ހުރިހާ ގޯތި ގެދޮރެއްގައި އެގެއަކަށް ދެވިފައިވާ ތަރުތީބު ނަންބަރާއިއެކު ގޭގެ ނަން ބޭރަށް ފެންނާނެހެން ނަންބޯޑް ހަރުކުރުމަށް އެދި ދަންނަވަމެވެ. އަދި ގޯތިގައި ނަން ޖެހުމުގައި ރަޖިސްޓަރީކޮށްފައިނުވާ ނަމެއް ނުވަތަ ނަންބަރެއް ޖެހުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

15 މޭ 2022
ހޯދާ