ދިވެހިރާއްޖެ
ގއ. ދާންދޫ ސްކޫލުގައި ޕްރެޔަރ ރޫމެއް ޢިމާރާތް ކުރުމާ ބެހޭގޮތުން މިއިދާރާއިން ކުރި ނަންބަރު IUL)241-A/INDIV/2014/10) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގައި މަސައްކަތަށް ދެވުނު މަޢުލޫމާތު ފުރިހަމަކޮށްފައިނުވާތީއާއި، ލިޔުންތައް ބަލައިގަތުމުގައި ޢަމަލުކުރެވިފައިވާ ގޮތުން ބިޑު ކޮމިޓީން އަލުން މަސައްކަތް އިޢުލާންކުރުމަށް ނިންމެވުމާ ގުޅިގެން، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ލައިބްރަރީ ޢިމާރާތް ކޮށްދެވިދާނެ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ނުވަތަ ގއ. ދާންދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ސެޕްޓެންބަރު 2014 ބުދަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު މިއިދާރާއަށް ނުވަތަ ގއ. ދާންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
- ހުށަހަޅާފައިވާ އަގަށް 65 ޕޮއިންޓް
- މަސައްކަތުގެ މުއްދަތަށް 15 ޕޮއިންޓް
- މާލީ ޤާބިލުކަމަށް 10 ޕޮއިންޓް
- މަސައްކަތުގެ ތަޖުރިބާއަށް 10 ޕޮއިންޓް (މިބަޔަށް ޕޮއިންޓް ލިބޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުމެއް) ހުށަހަޅާފައިވާނަމައެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމުގައި މިދަންނަވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
- ކުންފުންޏަކުން ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އައިޑީ.ކާޑުގެ ކޮޕީ،
- ކުންފުންޏެއްނަމަ އެންމެފަހުން ކުންފުނީގެ ފައިސާ ދެއްކި ރަސީދުގެ ކޮޕީ
- ޖީ.އެސްޓީ. ރަޖިސްޓަރީގެ ކޮޕީ
- ޕްރޮފައިލް
- ބެންކް ސްޓޭޓްމަންޓް
- ކުންފުންޏެއް ނަމަ އެންމެ ފަހުގެ އޯޑިޓު ރިޕޯޓު
- ސަޕްލައި ކްރެޑިޓް ގެރެންޓީ ލެޓަރ
މިދެންނެވި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ވެސް ދެންނެވީމެވެ.
16 ޛުލްޤަޢިދާ 1435