މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބިއްލޫރިގަނޑުގެ ފްރޭމް ބަދަލުކުރުމާއި، ކޯޓު ޢިމާރާތުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

    ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރ C14C-A/2022/01 (14 ފެބުރުއަރީ 2022) ކޯޓްރޫމުގެ ބިއްލޫރިގަނޑުގެލަކުޑި ފްރޭމް އެލްމެނިއަމް ފްރޭމްއަކަށް ބަދަލުކޮށް، ކޯޓު ޢިމާރާތުގެ އެރެތެއާއި ބޭރުގައި (ވަށާފާރު ހިމެނޭގޮތަށް) ކުލައާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިިހަމަނުވާތީ އެ އިޢުލާނު  ބާތިލްކޮށް އެފުރުސަތު އަލުން ހުޅުވާލަމެވެ.

    ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 19 މެއި 2022 ވަނަ ދުވަހުގެ 11:00 އަށް ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

    މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540659 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

    އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 05 ޖޫން 2022

    އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

    އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް

15 މޭ 2022
ހޯދާ