އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް ރިސްޓޮރޭޝަން ޓްރަސްޓް ފަންޑް ކޮމިޓީއަށް މެމްބަރެއް ހޯދުން

 

އިޢުލާން

މި އެޖެންސީގެ އެންވަޔަރަންމަންޓް ރިސްޓްރޭޝަން ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއަށް ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަރާތުން ތަމްސީލް ކުރައްވާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)203-HRFS/203/2022/625) އެޕްރީލް 2022) އިޢުލާނަށް ބަދަލު ގެނެސް އަލުން އިޢުލާންކުރަމެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ

މާލެ، ދިވެހިރާއްޖެ

އެންވަޔަރަންމަންޓް ރިސްޓޮރޭޝަން ޓްރަސްޓް ފަންޑް ކޮމިޓީއަށް މެމްބަރެއް ހޯދުން

ތާރީޙު: 15މޭ 2022     

ނަންބަރު: (IUL)203-HRFS/1/2022/35

ބޭނުންވާ އަދަދު:

01 މެމްބަރު                              

ޝަރުތުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން.

- ޤާނޫނީ ގޮތުން ހައްދު ކަނޑައެޅޭފަދަ ކުށެއްކުރިކަމަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމެއް ކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން.

- ތިމާވެށީގެ ދާއިރާގައި ޙާއްސަކޮށް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެ މަސައްކަތްތަކުގައި ދެމިހުރި ފަރާތެއް ކަމުގައިވުން. (މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން)

ނުވަތަ

- ތިމާވެށީގެ ދާއިރާއިން ނުވަތަ ވެށްޓާއިގުޅޭ މުހިއްމު ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

*ހުށަހަޅުއްވާ ފަރާތްތަކުގެ ތަރުތީބުން ޝަރުތު ފުރިހަމަވާ ފުރަމަތަ ފަރާތަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތުގެ ޝައުގެވެރިކަން ހުރިކަމަށް އެދޭ ސިޓީ ނުވަތަ މެއިލް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ.
  • އެދޭ ފަރާތުގެ ވަނަވަރު.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް. 
  • ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ތަމްސީލްކުރާ ފަރާތެއްކަން އަންގައިދޭ ލިޔުން.                                                                                                                         

ލިޔުންތައް ހުށަހެޅޭނެ ސުންގަޑި:

ސުންގަޑި: 17 މޭ 2022 ވާ އަންގާރަ ދުވަހުގެ13:00ގެ ކުރިން.

ލިޔުންތައް ހުށަހަޅުއްވަންޖެހޭ ތަން: އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގެ ހިއުމަން ރިސޯސް ޔުނިޓް.

ނޯޓް: ލިޔުންތައް ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު،  ސިޓީއުރައެއްގައި ބަންދުކުރައްވައި މި އޭޖެންސީއާ ހަވާލުކުރުން ނުވަތަ ([email protected]) އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން 3335949 އަށް ގުޅުއްވައި އީމެއިލް  ލިބިފައި އޮތްތޯ ޔަގީންކޮށްލެއްވުން މުހިއްމެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން،  މަޤާމު ނުވަތަ މަސައްކަތުގެ ނަން، އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

     

 

 

 

15 މޭ 2022
ހޯދާ