މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު

މުލަކަތޮޅު މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުޞޫލު

 

ތަޢާރަފް

1

 

 

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން މުލަކަތޮޅު މަޑުއްވަރީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ހެދިފައިވާ އުޞޫލެކެވެ.

 

ނަން

2

 

 

މި އުޞޫލަށް ކިޔާނީ " މ.މަޑުއްވަރީ ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުޞޫލު" މިހެންނެވެ.

މަޤްޞަދު

3

 

 

މި އުޞޫލުގެ މަގްޞަދަކީ މ.މަޑުއްވަރީ ފުޓްސަލްދަނޑު ބޭނުންކުރާ އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކު ، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ފުރުޞަތު ހޯދައި ދިނުމެވެ.

އުސޫލު ތަންފީޒު ކުރުމާއި އުސޫލަށް ޢަމަލުކުރަން ފެށުން

4

 

 

މި އުޞޫލް ހިންގާ ތަންފީޒު ކުރާނީ މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ މި އުސޫލު ކައުންސިލްގެ އާންމު ބައްދަލުވުމުން ފާސްކުރުމަށްފަހު ، ގެޒެޓްކުރާ ތާރީޙުން ފެށިގެންނެވެ.

 

ދަނޑުދޫކުރާ ވަގުތުތަށް

5

 

ހ

ދަނޑު ދޫކުރާނީ ފަތިހު 5:30 އިން ހެނދުނު 7:00 އަށް

 

 

 

ށ

ހެނދުނު 7:00 އިން ހެނދުނު 8:30 އަށް

 

 

 

ނ

ހެނދުނު 8:30 އިން 10:00 އަށް

 

 

 

ރ

ހެނދުނު 10:00 އިން 11:30 އަށް

 

 

 

ބ

ހަވީރު 16:00 އިން 17:00 އަށް

 

 

 

ޅ

ހަވީރު 17:00 އިން 18:00 އަށް

 

 

 

ކ

ރޭގަނޑު 20:00 އިން 21:30 އަށް

 

 

 

އ

ރޭގަނޑު 21:30 އިން 23:00 އަށް

 

 

 

ވ

ރަމަޟާން މަހު ރޭގަނޑު 21:30 އިން 23:00 އަށް

 

 

 

މ

ރަމަޟާން މަހު ރޭގަނޑު 23:00 އިން 00:30 އަށް

ދަނޑު ދޫކުރާ ގޮތް އަދި ފީނެގުން

6

6.1

 

ދަނޑުގައި ކުޅެން ބޭނުންވާ ފަރާތްތަކުގެ ފަރާތުން އެ ގަޑިއެއްގެ ކުޅެމުންދާ މީހުންގެ ޒިންމާ ނަގާ ފަރާތެއް މ.މަޑުއްވަރީ ކައުންސިލުން ދަނޑުދޫކުރުމަށް އެދޭ ފޯމް މެދުވެރިކޮށް ހުށަހަޅުއްވަންވާނެއެވެ. ދަނޑުދޫކުރާނީ އެ ފޯމް އެ ގަޑިއަކަށް އެދި އެންމެ ފުރަތަމަ ހުށަހެޅި ފަރާތަކަށް ދޫކުރާ ގޮތަށެވެ.

 

 

6.2

 

ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އެ ގަޑިއަކަށް ފޯމް ހުށަހެޅި ފަރާތް ކައުންސިލުން ޔަގީންކުރުމަށްފަހު އެ ފަރާތަކަށް ގުޅާ ފީ ދެއްކުމަށް އެންގޭނެއެވެ. ދަނޑު އެ ވަގުތަކަށް ލިބުނުކަމުގެ ޔަގީންކަން ކައުންސިލުން ދީ ދަނޑު ދޫކޮށްފައިވާކަމަށް ބުނާނީ ފައިސާ ދެއްކުމުންނެވެ. ފައިސާ ދެއްކުމަށް ދަނޑަށް ފުރަތަމަ އެދުނު ފަރާތަށް 1 ގަޑިއިރުގެ ވަގުތުކޮޅެއް ދެވޭނެއެވެ. ފައިސާ އޮންލައިންކޮށްވެސް އަދި ނަގުދުންވެސް ކައުންސިލަށް ދެއްކޭނެއެވެ. އޮންލައިންކޮށް ފައިސާ ދައްކަވާނަމަ ދައްކަވާނީ މ.މަޑުއްވަރީ ކައުންސިލްގެ ރެވެނިއު 1 – 7709700441001 އެކައުންޓަށެވެ. ފައިސާ ދެއްކުމަށްފަހު ސްލިޕް 9775694 އަށް ނުވަތަ 9423111 އަށް ވައިބަރކުރައްވަންވާނެއެވެ. ނަގުދު ފައިސާ ބަލައިގަނެވޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށެވެ. ފައިސާ ދެއްކުމަށް ދެވުނު 1 ގަޑިއިރުގެ ވަގުތުތެރޭގައި ފައިސާ ދައްކާފައިނުވާނަމަ ހުށަހެޅި ފޯމް ބާތިލުކުރެވޭނެއެވެ. އަދި އިތުރު ފަރާތެއް އެ ގަޑިއަށް އެދި ހުށަހަޅާފައިވާނަމަ އެ ފަރާތަކަށް އެ ފުރުސަތު ދެވޭނެއެވެ.

 

 

6.3

 

އަމިއްލަ ފަރުދަކަށް މި އުސޫލުގެ 5 ވަނަ މާއްދާގައިވާ ގަޑިތަކުން ގަޑިއަކަށް ދަނޑުދޫކުރާނީ -/50 ( ފަންސާސް ރުފިޔާ ) ގެ ފީ އަކާއި އެކުގައެވެ. މި ފީ ކައުންސިލަށް ދައްކަވަންޖެހޭނީ ދަނޑު ނަގާ ފަރާތަކުންނެވެ. ކުޅެންދާ ކުދިންގެ އަތުން ފައިސާ ނެގުން / ނުނެގުން އެއީ ދަނޑު ނެގި ފަރާތުގެ އިހުތިޔާރުގައި އޮންނާނެކަމެކެވެ.

 

 

6.4

 

އެއް ފަރާތަކަށް ދަނޑު ދޫކުރެވޭނީ، ދުވާލަކު 1 ފަހަރުއެވެ.

 

 

6.5

 

ދަނޑުގެ އެއްވެސް ތަނަކަށް ކުޅެންދާ ކުޅުންތެރިއެއްގެ ފަރާތުން ގަސްތުގައި ގެއްލުން ދީފައިވާނަމަ ޒިންމާ ނަގަންޖެހޭނީ ދަނޑު އެވަގުތަކު ނަގާފައިވާ ފަރާތަކުންނެވެ. ދަނޑު ދޫކޮށްފައިވާ ފަރާތުން އެ ވަގުތު ދަނޑުގައި ނެތްނަމަވެސް އެ ޒިންމާ އެ ފަރާތަކުން އުފުލަންވާނެއެވެ.

 

 

66.

 

ކްލަބް ޖަމުއިއްޔާއަކުން / ދަޢުލަތުގެ މުއައްސަސާއަކުން ދަނޑު ނެގުމަށް ބޭނުންވާނަމަ 1 ދުވަސްކުރިން ކައުންސިލަށް ސިޓީއަކުން ހުށަހަޅުއްވަންވާނެއެވެ. ކްލަބް ޖަމުއިއްޔާތަކަށް ދަޢުލަތުގެ މުއައްސަސާތަކަށް ( ކައުންސިލް ފިޔަވައި ) ދަނޑަށް އެދުމުން ދަނޑު ދޫކުރާނީ 100.00 ( ސަތޭކަ ރުފިޔާ ) ގެ ފީއެއް ނެގުމަށް ފަހުގައެވެ. މުއައްސަސާތަކުން ކްލަބް ޖަމުއިއްޔާތަކުން މެޗްކުޅުމަށް އަމިއްލަ ފަރާތެއް ( ތަނުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ނަމުގައިވެސް އަދި އެނޫން އާންމު ފަރާތެއް މެދުވެރިކޮށްވިޔަސް ) މެދުވެރިކޮށް ދަނޑު ހޯދުމަށް ފޯމް ހުށަހަޅައިގެން ނުވާނެއެވެ. އަމިއްލަ ފަރާތެއް މެދުވެރިކޮށް ފޯމް ހުށަހަޅައި ދަނޑު ނަގައި މުއައްސަސާއަކުން / ކްލަބް ޖަމުއިއްޔާއަކުން ދަނޑު ބޭނުންކޮށްފިނަމަ ، ދަނޑު ނެގި ފަރާތަށް ދަނޑުދޫކުރުން ސަސްޕެންޑްކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

6.8

 

ސްކޫލު ދަރިވަރުންނަށް ދަނޑު ދޫކުރެވޭނީ ސްކޫލުގެ ފަރާތުން އެއް ދުވަސް ކުރިން އެދުމުންނެވެ. އަދި ސްކޫލު ދަރިވަރުން ދަނޑުގައި ކުޅޭ ވަގުތުގައި ސްކޫލުގެ ފަރާތުން އެކުދިން  މޮނީޓަރ ކުރަންވާނެއެވެ. ދަރިވަރުން މޮނީޓަރ ކުރާނެ ފަރާތެއްނެތި ދަރިވަރުން ދަނޑުގައި ކުޅޭކަން ފާހަގަ ވާނަމަ އެކަން ކައުންސިލުން ސްކޫލުގެ ސަމާލުކަމަށް ގެންނަން ވާނެއެވެ. ސްކޫލް ދަރިވަރުން ކުޅުމަށް ސްކޫލުން އެދިގެން ދަނޑުދޫކުރާނީ އެއްވެސް އަގެއް ނެގުމަކާއި ނުލައެވެ.

 

 

6.9

 

ފީދައްކާފައިވާ ގަޑިއަކަށް މޫސުން ތަންނުދިނުމުގެ ސަބަބުން ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ، އިންސާނީ ބާރު ނުފޯރުވޭކަމެއް ދިމާވެގެން ކުޅުން ކުރިޔަށް ނުގެންދެވިއްޖެނަމަ ، ދައްކާފައިވާ ފައިސާ އަށް ވާ ގަޑި އެހެން ދުވަސްތަކަކުން ހަމަޖައްސައިދެވޭނެއެވެ.

 

 

6.10

 

ފީދެއްކުމަށްފަހު ދަނޑު ދޫކޮށްލުމަށް ބޭނުންވާނަމަ ދަނޑު ނަގާފައިވާ ގަޑީގެ 2 ގަޑިއިރުކުރިން 9775694 އަށް ނުވަތަ  9423111 އަންގަންވާނެއެވެ. 2 ގަޑިއިރުކުރިން އަންގާފައިނުވާނަމަ ދަނޑަށް ދެއްކި ފީވެސް އަދި އެހެން ދުވަހަކުން ކުޅުމަށް ދަނޑު ދައްކާފައިވާ ފައިސާގެ މައްޗަށް ދުލެއްނުކުރެވޭނެއެވެ. 2 ގަޑިއިރުކުރިން އަންގާފައިވާނަމަ ދައްކާފައިވާ ފައިސާގެ މައްޗަށް އެހެން ދުވަހެއްގައި ނުވަތަ އެދުވަހުގެ އެހެން ގަޑިއަކަށް ފޯމް ހުށަހަޅައިގެން ދަނޑު ހޯދުމަށްފަހު ކުޅުމުގެ ފުރުޞަތު ދެވޭނެއެވެ.     

ދަނޑުގައި ކުޅުންތެރިންގެ ޢަމަލުތަށް ބަހައްޓަންޖެހޭ ގޮތްތަށް

7

7.1

 

ފުޓުސަލް ދަނޑުގައި ކުޅެންވާނީ "ޓްރެއިނިންގ ޝޫސް" ގައެވެ. އުންޖެހި ބޫޓުގައި ކުޅެން އެރުމަކީ މަނާކަމެކެވެ. ފުޓުސަލް ދަނޑުގައި ކުޅެން އަރާ ބޫޓަށް އަރަންވާނީ ފުޓުސަލް ދަނޑަށް ވަނުމަށްފަހުގައެވެ. ކޮންމެ ކުޅުންތެރިއެއް ވެސް އަރާ ބޫޓު ވެލިފޮޅާ ސާފު ކުރުމަށްފަހު ނޫނީ ކާރޕެޓްގެ މައްޗައް އަރައިގެން ނުވާނެއެވެ.

 

 

 

7.2

 

ފުޓުސަލް ދަނޑުގައި އެއްފަހަރާ އެންމެ ގިނަވެގެން ކުޅެން އަރަންވާނީ 10 (ދިހައެއް) ކުޅުންތެރިންނެވެ. 10 (ދިހައެއް) ކުޅުންތެރިންނަށް ވުރެ ގިނައިން ދަނޑު މައްޗަށް ކުޅެން އަރާކަމަށް ފާހަގަވާނަމަ ދަނޑު ހޯދުމަށް ޒިންމާ ނެގި ފަރާތާއިމެދު ފިޔަވަޅު އެޅޭނެއެވެ. އަޅާނެ ފިޔަވަޅު ނިންމާނީ މ.މަޑުއްވަރީ ކައުންސިލުންނެވެ.

 

 

 

7.3

 

ދަނޑު ތެރެއަށް ޗުވިމްގަމް، ޖޫސްޕެޓީ، ލޮލީ، ސުޕާރީ އަދި ކާތަކެތި ވެއްދުމަކީ މަނާކަމެކެވެ. ނަމަވެސް މުބާރާތެއްގެ ތެރޭގައި ވައްދާ އެނާޖީ ބުއިންތައް، އޮރެންޖު/އާފަލު ފަދަ ތަކެތި އިސްތިސްނާ ވެގެންވެއެވެ. އަދި މިފަދަ އިސްތިސްނާ ހާލަތުގައި ވައްދާ ތަކެތި ދަނޑުން ނިކުތުމުގެ ކުރިން ޑަސްބިނަށް ލުމަކީ މިތަކެތި ވައްދާ ފަރާތުގެ ޒިންމާއެކެވެ.

 

 

 

7.4

 

ދަނޑު ތެރެއަށް އެއްވެސް ފަރާތަކުން ކުނި އެޅުމަކީ މަނާ ކަމެކެވެ.

 

 

 

7.5

 

ފުޓުސަލް ދަނޑުގެ ތެރޭގައި ޓީޝާޓު ނުލާ ނުވަތަ ހުސްގަޔާ އުޅުމަކީ މަނާކަމެކެވެ.

 

 

7.6

 

ފުޓުސަލް ދަނޑަށް ކައުންސިލްގެ ހުއްދަ ނެތި އިތުރަށް ގޯލް ވައްދައިގެން ނުވާނެއެވެ. އަދި ކުޅުމަށް ބޭނުންވާ ބޯޅަ ހޯދުމަކީ ދަނޑުނަގާ ފަރާތުގެ ޒިންމާއެކެވެ.

 

މުބާރާތްތަކަށް ދަނޑު ދޫކުރުމާއި މުބާރާތްތަކަށް ފީނެގުން

8

8.1

 

މުބާރާތަށް ދަނޑު ދޫކުރާނީ ސިޓީ އަކުން ކައުންސިލަށް ހުށަހެޅުމުންނެވެ.

 

 

8.2

 

ހުށަހަޅާ ސިޓީގައި ދަނޑު ބޭނުންވާ މުއްދަތު ( ތާރީޙުން ) ޖުމުލަ ދުވަހުގެ އަދަދާއި އެކު ބަޔާންކުރަންވާނެއެވެ

 

 

8.3

 

މުބާރާތަށް ދަނޑު ދޫކުރާނީ ސިޓީގައި ބަޔާންކޮށްފައިވާ މުއްދަތަށް ދަނޑު ދޫކުރުމަށް ކައުންސިލުން ނިންމުމުން ، އެކަން އެފަރާތަށް އެންގުމުން ދައްކަންޖެހޭ ފީ ކައުންސިލަށް ދެއްކުމުންނެވެ. ފީ ކައުންސިލްގެ ރެވެނިއު 1 – 7709700441001  އެކައުންޓަށް ޖަމާކުރެއްވިދާނެއެވެ. ޖަމާކުރުމަށްފަހު ފައިސާ ދެއްކި ސްލިޕް 9775694 އަށް ނުވަތަ 9423111 އަށް ވައިބަރކުރައްވަންވާނެއެވެ. ނަގުދު ފައިސާ ބަލައިގަނެވޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށެވެ. ފައިސާ ދެއްކުމަށް ދެވުނު 6 ގަޑިއިރުގެ ވަގުތުތެރޭގައި ފައިސާ ދައްކާފައިނުވާނަމަ ދަނޑު ކެންސަލްކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

8.4

 

އަމިއްލަ ފަރާތްތަކަށް މުބާރާތްތަށް ބޭއްވުމަށް ދަނޑުދޫކުރާނީ ދުވަހަކަށް 350.00ރ ( ތިންސަތޭކަ ފަންސާސް ) ރުފިޔާގެ ރޭޓުންނެވެ.

 

 

8.5

 

ކުލަބު ޖަމުއިއްޔާތަކަށް މުބާރާތްތަށް ބޭއްވުމަށް ދަނޑުދޫކުރާނީ ދުވަހަކަށް 400.00ރ ( ހަތަރުސަތޭކަ ) ރުފިޔާގެ ރޭޓުންނެވެ.

 

 

8.6

 

ދަޢުލަތުގެ މުއައްސަސާތަކުން ( ކައުންސިލް ފިޔަވައި ) މުބާރާތްތަށް ބޭއްވުމަށް ދަނޑުދޫކުރާނީ ދުވަހަކަށް 400.00 ( ހަތަރުސަތޭކަ ) ރުފިޔާގެ ރޭޓުންނެވެ.

 

 

8.7

 

ރަށުގައި ބާއްވާ މުބާރާތެއް ކައުންސިލްގެ ފަރާތުން އެންޑޯސް ކުރާ ކަމުގައިވާނަމަ އެ މުބާރާތުގެ އަގު މާފު ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މ.މަޑުއްވަރީ ކައުންސިލްގެ ފަރާތުން މުބާރާތެއް އެންޑޯޒް ކުރަންވާނީ އެ މުބާރާތަކާއި ގުޅިގެން އެއްވެސް އިޖުތިމާޢީ ކަމެއް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ރަށުގެ ރައްޔިތުންނަށް ކޮށްދޭ ކަމުގައި ވާނަމައެވެ.

 

 

8.8

ހ

މުބާރާތް ބޭއްވުމަށް ފީދައްކާފައިވާ ދުވަހަކަށް މޫސުން ތަންނުދިނުމުގެ ސަބަބުން ނުވަތަ ޤުދުރަތީ ކާރިސާއެއްގެ ސަބަބުން ނުވަތަ އިންސާނީ ބާރު ނުފޯރުވޭކަމެއް ދިމާވެގެން ކުޅުން ކުރިޔަށް ނުގެންދެވިއްޖެނަމަ ، ފައިސާ ދައްކާފައިވާ ދުވަހަކަށް ދުވަހެއް ފީނެގުމަކާއި ނުލާ ދެވޭނެއެވެ.

 

 

 

ށ

މި އުސޫލުގެ 8.8 ގެ (ހ) ގައިވާ ގޮތަށް ހަމަޖައްސައިދެވޭނީ އެ ދުވަހުގެ އެއްވެސް ގަޑިއެއްގައި މުބާރާތް ކުރިޔަށް ގެންދެވިފައިނުވާނަމައެވެ. ދުވަހުގެ 2/1 މުބާރާތް ކުރިޔަށް ގެންދިޔުމަށް ލިބިފައިވާނަމަ އެ ދުވަހަކީ ކުޅުންކުރިޔަށް ގެންދެވުނު ދުވަހެއްކަމުގައި ބަލައި އިތުރު ދުވަހެއް ހަމަޖައްސައެއް ނުދެވޭނެއެވެ.

 

 

 

ނ

މުބާރާތް ބޭއްވުމަށް ފީ ދައްކާފައިވާ ދުވަހަކު މުބާރާތްކުރިޔަށް ނުގެންދެވިގެން ކައުންސިލަށް އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.

ކައުންސިލުން ބާއްވާ މުބާރާތްތަކަށާއި ، ކައުންސިލުން ރަށްތަމުސީލުކުރުމަށް ދަނޑު ނެގުން

9

9.1

 

ކައުންސިލުން ބާއްވާ މުބާރާތްތަކަށާއި ، ކައުންސިލުން ރަށްތަމުސީލުކުރުމަށް ދަނޑު ނަގައިފައިވާނަމަ އެކަން އާންމުންނަށް އެނގޭގޮތަށް އާންމުކުރަންވާނެއެވެ. މި ގޮތަށް ކައުންސިލުން ނަގާ ކަންކަމުގައި އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

އެކަޑަމީ ހިންގުމަށް ދަނޑު ދޫކުރުން

10

10.1

ހ

އެކަޑަމީ އެއް ހިންގުމަށް މ.މަޑުއްވަރީ ފުޓްސަލްދަނޑު ކުއްޔަށް ނަގަންބޭނުންވާ ފަރާތްތަކުން ކައުންސިލަށް ދަނޑު ބޭނުންވާ މުއްދަތާއި ، ޕްރެކްޓިސްތަށް ކުރިޔަށް ގެންދިޔުމަށް ގަސްތުކުރާ ގަޑިތަކާއި އެކު ސިޓީއަކުން ހުށަހަޅަންވާނެއެވެ.

 

 

 

ށ

އެކަޑަމީ ހިންގަނީ ކައުންސިލާއި ނުގުޅި ( ކައުންސިލްގެ އެންޑޯޒްމަންޓް އަކާއި ނުލާ ) އަމިއްލަ ފަރާތަކުން އެކަނި ކަމުގައިވާނަމަ ފުޓްސަލްދަނޑު ކުއްޔަށް ދޫކުރާނީ ދުވާލަކަށް 250.00 ( ދުއިސައްތަ ފަންސާސް ރުފިޔާ ) ގެ ރޭޓުންނެވެ. ކައުންސިލްގެ އެންޑޯޒްމެންޓް އާއި އެކުގައިކަމަށްވާނަމަ ދަނޑު ދޫކުރާ މުއްދަތަކަށް ބަލައި މި ފީ މާފުކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. 

 

 

 

ނ

އެކަޑަމީ ހިންގަނީ ކައުންސިލާއި ނުގުޅި ( ކައުންސިލްގެ އެންޑޯޒްމަންޓް އަކާއި ނުލާ ) ކްލަބް ޖަމުއިއްޔާއަކުން ކަމުގައިވާނަމަ ފުޓްސަލްދަނޑު ކުއްޔަށް ދޫކުރާނީ ދުވާލަކަށް 300.00          ( ތިންސަތޭކަ ރުފިޔާ ) ގެ ރޭޓުންނެވެ. ކައުންސިލްގެ އެންޑޯޒްމެންޓް އާއި އެކުގައިކަމަށްވާނަމަ ދަނޑު ދޫކުރާ މުއްދަތަކަށް ބަލައި މި ފީ މާފުކުރުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. 

އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވުން

9

9.1

 

އުސޫލުގައި ނުހިމެނޭ އެންމެހާ ކަންކަމާއި މެދު ގޮތް ނިންމާނީ މ.މަޑުއްވަރީ ކައުންސިލުންނެވެ. ފުރަތަމަ ފަހަރު އެކަމަކާއި މެދުގައި ނިންމާ އާންމު ކުރެވޭ ގޮތް އެއީ އެފަދަ ކަންކަމުގައި ނިންމާނެ ގޮތް ކަމުގައި ބެލެވިދާނެއެވެ.

 

15 މޭ 2022
ހޯދާ