ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭ 704 ފްލެޓްތައް އިންޝުއަރކޮއްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 18 މޭއި 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 22 މޭއި 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 23 މޭއި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.