ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

އޮފީސް އެސިސްޓަންޓް
ކޯޕަރޭޓް އެފެއަރސް، އެޑްމިނިސްޓްރޭޝަން އެންޑް އައި.ސީ.ޓީ


ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ އޮފީސްތައް ފޮޅާ ސާފުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ކޯޕަރޭޝަނުގެ އޮފީސްތައް، ސުޕަވައިޒަރުގެ ލަފާގެ މަތިން ފޮޅާ ސާފުކޮށް ބެލެހެއްޓުން.
• ކޯޕަރޭޝަނުގެ އޮފީސްތަކުގައި ހުންނަ ފާހާނާތައް ދޮވެ ސާފުކޮށް ޑަސްބިން ހުސްކުރުން.
• އޮފީހުގެ އެކި ޖަލްސާ އަދި ބައްދަލުވުންތަކަށް ސައި، ކޮފީ ތައްޔާރުކުރުން.
• މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރުން
• މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
• 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 10500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: https://jobs.hdc.com.mv/ 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

12 މޭ 2022
ހޯދާ