ދިވެހިރާއްޖެ
(IUL)321/321/2022/87 :ނަންބަރު
އިޢުލާން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިރަށުގައި މިހާރު ޢިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް، އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓެގަރީތައް ތިރީގައި އެވަނީއެވެ.
- ކެޓެގަރީ- A މި ކެޓެގަރީގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ 92 (ނުވަދިހަ ދޭއް) ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ، ބ. ތުޅާދޫ ރައްޔިތުންގެ ތެރެއިން އެ ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށެވެ.
- ކެޓެގަރީ- B މި ކެޓެގަރީގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ 08 (އަށެއް) ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ، ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށެވެ.
ވީމާ، މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ އުޞޫލުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، ފޯރމްގެ އަޞްލު، 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 12:00އަށް ކައުންސިލް އިދާރާގައެވެ. އަދި މި ފޯމު ކައުންސިލް އިދާރާގެ ވެބްސައިޓް، www.thulhaadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރާއިރު، ފޯމުގައިވާ ނުކުތާތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ނުފޭދޭ ގަލަމަކުން ސާފުކޮށް ކިޔަން އެނގޭގޮތަށް ފޯމު ފުރުއްވުމަށް ދަންނަވަމެވެ.
މި 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ ކަންކަން އިވޭލުއޭޓް ކުރުމަށް އެކުލަވާލެވިފައިވާ "ވިލަރެސް ކޮމިޓީ" ގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ނަން |
ދާއިމީ އެޑްރެސް |
ތަމްޘީލްކުރާ ދާއިރާ |
އަލްފާޟިލް، އިބްރާހީމް ޢާދިލް |
ހަޒާރުމާގެ / ބ. ތުޅާދޫ |
ތުޅާދޫ ކައުންސިލްގެ ރައީސް (ކައުންސިލް މެމްބަރުންގެ ތެރެއިން) |
އަލްއުސްތާޛާ، ރިޝާދާ މުޙައްމަދު |
އަތިރީއާގެ / ބ. ތުޅާދޫ |
ތުޅާދޫ ކައުންސިލަރ (ކައުންސިލް މެމްބަރުންގެ ތެރެއިން) |
އަލްފާޟިލާ، ޝާމަތު ޢަބްދުއްސައްތާރު |
ފެންފިޔާޒުގެ / ބ. ތުޅާދޫ |
ތުޅާދޫ ކައުންސިލަރ (ކައުންސިލް މެމްބަރުންގެ ތެރެއިން) |
އަލްފާޟިލް، ޢަބްދުލްމަޖީދު ޙުސައިން |
ވިނަރެސް / ބ. ތުޅާދޫ |
ކައުންސިލް އެގްޒެކެޓިވް (ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން) |
އަލްފާޟިލް، ޙުސައިން އިދުރިސް |
މާއިރާ / ބ. ތުޅާދޫ |
އ. ކައުންސިލް އެގްޒެކެޓިވް (ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން) |
އައްޝައިޚް، މުޙައްމަދު ރަޝީދު ޔޫސުފް |
ސާހިލް / ބ. ތުޅާދޫ |
ތުޅާދޫ ސުކޫލް (ދައުލަތުގެ އެކި މުވައްސަސާތަކުން) |
އަލްފާޟިލް، އަޙްމަދު ޢަބްދުއްރަޙީމް |
ޢާލިޔާމަންޒިލް / ބ. ތުޅާދޫ |
ފެނަކަ ތުޅާދޫ ބްރާންޗް (ދައުލަތުގެ އެކި މުވައްސަސާތަކުން) |
އަލްފާޟިލާ، މާހު މުޙައްމަދު ސަޢީދު |
މާޑު / ބ. ތުޅާދޫ |
ތުޅާދޫ ޞިއްޙީ މަރުކަޒު (ދައުލަތުގެ އެކި މުވައްސަސާތަކުން) |
އަލްފާޟިލް، ޔޫސުފް ޤާސިމް |
ދުންފިނީގެ / ބ. ތުޅާދޫ |
ޢާއްމު ފަރުދުންގެ ތެރެއިން |
100 ހައުސިންގ ޔުނިޓަށް އެދޭ ފޯމު ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށާއި، ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 13 މެއި 2022 ވާ ހުކުރު ދުވަހުގެރޭ ތުޅާދޫ ސުކޫލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވީހާ ގިނަ ބަޔަކު ބައިވެރިވެދެއްވުމަކީ، އެދެވިގެންވާ ކަމެކެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ތިރީގައިވާ ލިންކް ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ.
https://meet.google.com/dzz-oheo-ess
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
11 ޝައްވާލު 1443