ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ގޭބީސީތަކުގައި ނަންބޯރޑު ހަރުކުރުމާއި ގުޅޭ

ނަންބަރު:  (IUL)258/258/2022/48                                 

 

އިޢުލާން

    

ހަނިމާދޫ ގޭބީސީތަކުގައި ނަންބޯރޑު ހަރުކުރުމާއި ގުޅޭ

 

 

            މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށްގެންދާ ބޯހިމެނުމުގެ މަސައްކަތް 17 ސެޕްޓެމްބަރ 2022 ވަނަދުވަހުން ފެށިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އާބާދީއާއި ދިރިއުޅޭތަންތަނުގެ ތަފާސްހިސާބު ބެލުމަށް، ގޭގެއަށް ޒިޔާރަތް ކުރަމުން ގެންދާއިރު ގޯތިތައް ދެނެގަތުމަށްޓަކައި ގޯތީގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައިހުރިކަން ކަށަވަރުކުރަން ޖެހެއެވެ. އަދި ގޯތިދޫކުރުމުގެ އުސޫލުގައިވެސް ގޯތީގެ ނަންބޯޑު ޖެހުމަކީ ލާޒިމް ކޮށްފައިވާ ކަމެކެވެ.

            އެހެންކަމުން ހަނިމާދޫގައި ނަންބޯޑު ހަރުކޮށްފައިނެތް ގޯތިތަކުގައި 31 އޮގަސްޓް 2022 ގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ. އަދި ނަންބޯޑު ހަރުކުރާއިރު، ރަޖިސްޓްރީކޮށްފައިވާ ނަން، އިނގިރޭސި އަދި ދިވެހިބަހުން ޖެހުމަށް ސަމާލުކަން ދޭންވާނެއެވެ.

   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

11 ޝައްވާލް 1443

12  މެއި 2022

12 މޭ 2022
ހޯދާ