ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް އިމާރާތްތަކުގެ ގޯތިތެރެ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: (IUL)258/258/2022/47                                   

 

އިޢުލާން

    

ހަނިމާދޫ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް އިމާރާތްތަކުގެ ގޯތިތެރެ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

            ހަނިމާދޫ ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިއިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

            ވީމާ، މި ކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 23 މެއި 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

            އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  01 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

11 ޝައްވާލް 1443

12  މެއި  2022

12 މޭ 2022
ހޯދާ