ދިވެހިރާއްޖެ
މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ފޮޅައި ސާފުކުރުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ތަކެތި 1 އަހަރުދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު IUL)23-AP/1/2014/119)ފ(17 ޖޫން 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ ތެރެއިން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ފޮޅައި ސާފުކުރުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން ތަކެތި 1 އަހަރުދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
16 ޛުލްޤަޢިދާ 1435