ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސްގެ ބައެއް މަރާމާތުތައް ކުރުމާއި އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން

23 ޖުލައި 2014 ގައި މިމަރުކަޒުގެ އެމްބިއުލާންސްގެ ބައެއް މަރާމާތުތައް ކުރުމާއި އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: A6-SM/2014/06ފ(23 ޖުލައި 2014) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އަދި އެފަރާތުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މިމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސްގައި ކުރަންހުރި މިދަންނަވާ މަރާމާތުކޮށް އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އެމްބިއުލާންސްގެ ތަފުސީލު:

މޮޑެލް ނަންބަރު:

KF-CR42V-FRMDE

ޗެސިސް ނަންބަރު:

CR42-5010293

އިންޖީނު/ މޯޓަރު އުފެއްދި ކުންފުނި:

TOYOTA

އިންޖީނު/ މޯޓަރ ސީރިއަލް ނަންބަރު:

3C-3999519

އިންޖީނު/ މޯޓަރ ކެޕޭސިޓީ:

2184

ބާވަތް:

B1

ހަކަތައިގެ ބާވަތް:

DIESEL

އުފުލޭ މީހުންގެ އަދަދު:

05

ކުރަންހުރި މަރާމާތުތަކުގެ ތަފުސީލު:

  1. އެމްބިއުލާންސްގެ މަތީގައި ދަބަރުޖަހާފައިވާތީ ދަބަރުކަހައި ސްޕްރޭކުރުން.
  2. އެމްބިއުލާންސްގެ ދަށުގައި ދަބަރުޖަހާފައިވުމުން ދޮވެ ސާފުކޮށް ދަބަރުކަހައި ސްޕްރޭކުރުން.
  3. ވެހިކަލްގެ ބޮޑީގެ ބައެއް ތަންތަން ބަނޑިވެފައިވާތީ ބަނޑި ފިލުވައި ސްޕްރޭކުރުން.
  4. އެމްބިއުލާންސްގެ މަތީ ސައިރަން ލައިޓް ދަބަރުޖަހާފައިވުމުން ސައިރަން ލައިޓް އާކުރުން.
  5. ކަނާތް ފަރާތުގެ ސިގްނަލް ލައިޓް ހަރުކުރުން.
  6. މިހާރު ހުރި ފުރޮޅުތަކުގެ ތަށިގަނޑުގައި ދަބަރުޖަހާފައިވާތީ ދަބަރުކަހައި ސްޕްރޭކުރުން.
  7. ސްޕެއަރ ފުރޮޅެއް ހޯދުން (R-13C/ފ165).
  8. ބަލިމީހާގެ އެހީތެރިޔާ އިށީންނަ ގޮނޑި މަރާމާތުކުރުން.
  9. އެމްބިއުލާންސްގެ އެތެރޭގައި ލައިޓް ހަރުކުރުން.
  10. އެއަރކޯންގެ ފިލްޓަރ ބަދަލުކުރުން.
  11. އިންޖީނު އޯވަރހޯލްކުރުން.

ވީމާ، މިމަރާމާތުތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:00 އަށް ހއ.ހޯރަފުށީ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ ހއ.އަތޮޅު ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހއ.ހޯރަފުށީ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ ހއ.އަތޮޅު ހޮސްޕިޓަލްގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި  ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހިގެން ވަޑައިގެން ހުށަހަޅާ އަންދާސީހިސާބާއި އަދި މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

15 ޛުލްޤަޢިދާ 1435

10 ސެޕްޓެންބަރު 2014
ހޯދާ