ދިވެހިރާއްޖެ
މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
ވާރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.
މަޤާމް: ނާސަރީ އެސިސްޓެންޓު (މެރިކަލްޗަރ ކޮމްޕޯނެންޓް)
ގިންތި: ކޮންޓްރެކްޓް (7 މަސް)
ބޭނުންވާ ޢަދަދު: 1
މުސާރާ: 4465 ރުފިޔާ (އިތުރު އެލަވަންސްތަކުގެ ތަފްޞީލް ޓަރމްސް އޮފް ރެފެރެންސްގައި (
ސާވިސް އެލަވަންސް: 1500 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް: 700 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ 35%
ރިސްކް އެލަވަންސް: 100 ރުފިޔާ (ޝަރުތު ހަމަވާ ކޮންމެ ދުވަހަކަށް)
މަސައްކަތް ކުރަންޖެހޭ ތަން: އދ. އޮމަދޫގައި
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯ ލެވެލް ނިންމައިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ފާނަ ވިއްސުމުގައި އެހީތެރިވުމާއި ހެޗަރީގައި ގެންގުޅޭ ފާނައާއި އެހެނިހެން ދިރޭ ބާވަތްތައް ގަވާޢިދުން ބެލެހެއްޓުން. ކަނޑައެޅިފައިވާ ތާވަލުގައިވާ ގަޑިތަކުގައި ކާންދިނުމާއި އަދި ނަގަންޖެހޭ މަޢްލޫމާތުތައް ރެކޯޑުކޮށް ބެލެހެއްޓުން. ހެޗަރީ ޓޭންކުތަކުގެ ވޯޓަރ ކޮލިޓީ މިންގަނޑުތައް ނެގުން.
- މޫދުކޮށީގައި ގެންގުޅޭ ބާވަތްތަކަށްކާންދިނުމާއި އެކު ނަގަންޖެހޭ މަޢްލޫމާތުތައް ނެގުން. އަދި ކޮށި ބަލަހައްޓާ ސާފުކުރުން.
- ހެޗަރީގެ ސަރަޙައްދު ކުނިކަހާ ސަފުކޮށްބެހެއްޓުން. އަދި ޓޭންކުތަކާއި ގެންގުޅޭ އިކުއިޕްމަންޓުތަކާއި މެޝީނަރީތައް ސާފުކޮށް ބެލެހެއްޓުން. އަދި ހެޗަރީގައި ކުރަންޖެހޭ މަރާމާތުތައް ކުރުން.
- ޕްރޮޖްކެޓުގެ ދަށުން ހިންގޭ މެރިކަލްޗަރ ތަމްރީންތައް ދިނުމުގައި އެހީތެރިވުން.
- ޝިފްޓު ޑިއުޓީ އަށް މަސައްކަތްތައް ބަހައިގެން ހެޗަރީގެ ޓޭންކުތަކުގައި ގެންގުޅޭ ދިރުންތައް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.
- ޕްރޮޖެކްޓުގެ އެހެނިހެން ފީލްޑް މަސައްކަތްތަކުގައި ބައިވެރިވުން.
- މެރިކަލްޗަރގެ މަސައްކަތްތައް ކުރެވޭ އެހެނިހެންތަންތަނުގައި މަސައްކަތްކުރުން.
- މި މަޤާމާއި ބެހޭ އިތުރު އެލަވަންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުން އަދި މި މިނިސްޓްރީގެ މީސްމީޑިއާއިން ޑައުންލޯޑް ކުރެވޭނެއެވެ.
މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 މެއި 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.