މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތ. ބުރުނީ ހެލްތު ސެންޓަރުގެ ފިނިޝިންގ މަސަކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތ. ބުރުނީ ހެލްތު ސެންޓަރ ނިންމުމަށް ކުރަންޖެހޭ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)23-AP/1/2014/167) އާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް އަންދާޒާކުރެވޭ އަގަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، ތ. ބުރުނީ ހެލްތު ސެންޓަރ ނިންމުމަށް ކުރަންޖެހޭ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ