ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތެއްވޭތޯ ބެލުމަށް

ރަށުގެ ފެނާ ނަރުދަމާގެ މަޝްރޫއުގެ ދަށުން، ކޯޕްރަލް ޝަހީދު މުޙައްމަދު އިބްރާހީމް ހިނގުމުންނާއި އާރޯޕްލާންޓް ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި މި އިދާރާއިން ނަންބަރު ޖަހާފައިވާ ( FN-1 ން FN-45 ށް ) ރުއްގަހުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް އަދި ގަހެއް ހުރިނަމަ،  22 މޭ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. (ހުށަހަޅަން ޖެހޭ ލިޔުމުގެ ނަމޫނާ މިއިދާރާއިން ލިބެން ހުންނާނެއެވެ.)

ހުށަހެޅުންތައް ބަލައިގަތުން އޮންނާނީ 12 މޭ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 މޭ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 ށް މި އިދާރާގައެވެ.

ދަންނަވާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ލިޔުމުން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ރުއްގަހުގެ ބަދަލުގެ ކަންތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ހަމަޖެއްސުމަށް ފަހު، ދަންވާފައިވާ ސަރަޙައްދުގައިވާ މި އިދާރާއިން ނަންބަރު ޖަހާފައިވާ ރުއްގަސް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 މޭ 2022
ހޯދާ