މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
(IUL)307/INDIV/2022/31
ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިރަށުގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- އަންދާސީ ހިސާބު ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހަޅާއިރު؛
- މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ އަންދާސީ ހިސާބު ނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި،
- ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި،
- މަޢުލޫމާތު ސާފުކުރުމުގެ ސެސަންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- މައުލޫމާތު ސާފުކުރުން އޮންނާނީ: 2022 މެއި 23 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
- އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ: 2022 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބުތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޙާޟިރުވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުން ބޭއްވޭނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 މޭ 2022
ހޯދާ