ދިވެހިރާއްޖެ
ގދ.ފިޔޯރީ އުތުރު ތުނޑީ ސަރަހައްދުން ފަތުރުވެރިކަމުގެ ބޭނުމަށް 3 ބިމެއް ދޫކުރަން ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން މި ބިންތަކުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 10 މެއި 2022 އިން 19 މެއި 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ޝީޓުގައިވާ ގޮތަށް ބަންދުކުރެވިފައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅިގެން ޕްރީބިޑް މީޓިންގް އެއް ނޯނާނާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.