މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

 

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތަނަށް ލިބޭ ލިޔެކިޔުންތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭތޯ ބެލުމާއި، ތަނުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުވުމާއި، އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން.
  • މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުވުމާއި ބަޖެޓު ތައްޔާރުކުރުވުން.
  • ތަނަށް ބޭނުންވާ މެޑިކަލް ސަޕްލައިސްއާއި ޖެނެރަލް ސަޕްލައިސް ހޯދުމުގެ މަސައްކަތް ހިނގާގޮތް ބަލައި،  ދަތިކޮށް ދިމާވާ ކަންކަން ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އިދާރީ މުވައްޒަފުންގެ މަސައްކަތް ސުޕްވައިޒްކުރުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އިދާރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް   4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އިދާރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އިދާރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • އިނގިރޭސިބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރަން އެނގުމާއި، މަސައްކަތް ރާވައި ހިންގުމުގެ ޤާބިލްކަން ހުރި މިންވަރު.

 

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުސޫލުން މަސައްކަތްކުރަން ޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ހުރިކަމުގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2014 ސެޕްޓެންބަރު  21 ވާ އާދިއްތަދުވަހުގެ 14:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 އޮކްޓޫބަރުމަހުގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3333886 އެވެ. ވަޒީފާއަށް އެދޭ ފޯމް މި އޮފީހުގެwww.mbs.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މި ސަރވިސަސްގެ އިދާރީބައިން ލިބެން ހުންނާނެއެވެ.

 

09 ސެޕްޓެންބަރު 2014
ހޯދާ