ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)262/262/2022/38
ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކެހުމާ ގުޅޭ
ނޮޅިވަރަންފަރު އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތައް ކުނިކަހާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 15 މެއި 2022 ވަނަ ދުވަހު 14:00ގެ ކުރިން 6520054 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު 19 މޭ 2022ގެ 11:45 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:45ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.