އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ތިލަފުށީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 2 ގުދަން ޢިމާރާތްކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމަށް ކޮންސަލްޓަންޓެއް ހޯދުން

 ނަންބަރ: ASND/PRC/IUL/2022/0033


މިކުންފުނިން ތިލަފުށީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 2 ގުދަން ޢިމާރާތްކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމަށް ކޮންސަލްޓަންޓެއް ހޯދަން  14 އޭޕްރިލް 2022 ގައި ކުރި އިޢުލާން ނަންބަރު ASND/PRC/IUL/2022/0027 އަށް ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑަށް ޝަރުތު ހަމަވާ ބީލަން އެކަށީގެންވާ ޢަދަދަކަން ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.  

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 މެއި 2022 ވާ ހޯމަ ދުވަހުގެ 11:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

10 މެއި 2022

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

10 މޭ 2022
ހޯދާ