އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:

           މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.   

           ލޯގޯ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2022 މެއި 24 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ރަސްމީ ގަޑީ މި ކައުންސިލްގެ ނަންބަރު 6660676 ފޯނާއި ގުޅުއްވުމުން ބޭނުންވެލައްވާ އިތުރު މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

           ލޯގޯ ފަރުމާކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރޭން ކައުންސިލުން ފާސްކުރައްވާ ލޯގޯ ފަރުމާކުރެއްވި ފަރާތަށް 1,000.00ރ (އެއްހާސް ރުފިޔާ) ގެ އިނާމެއް ދެވޭނެއެވެ.

           ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 މެއި 24 ވަނަ ދުވަހުގެ 10:00 އެވެ. ލޯގޯ ހުށަހަޅާނީ      ޕީ.އެން.ޖީ ފޯމެޓްގައި މި ކައުންސިލްގެ [email protected] މެއިލަށެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރޭން ކައުންސިލުން ފާސްކުރާ ލޯގޯ ހުށަހެޅި ފަރާތަށް އެކަން ކައުންސިލުން އަންގާތާ 05 ދުވަހުގެ ތެރޭ ލޯގޯގެ ޕްރޮގްރާމް ފައިލް ދެންނެވިފައިވާ މެއިލަށް ހުށަހަޅުއްވަންވާނެއެވެ. 

10 މޭ 2022
ހޯދާ