މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާޑުގެ ބާވަތްތަކާއި ގޭސް ވިއްކުމަށް ގުދަނެއް ޢިމާރާތްކުރުމާއި ގުޅޭ

އިޢުލާން

ކާޑުގެ ބާވަތްތަކާއި ގޭސްވިއްކުމަށް ގުދަނެއް އިމާރާތްކުރުމާއި ގުޅޭ

       މިއިދާރާއިން 17 އޭޕްރީލް 2022 ވަނަ ދުވަހު ކުރެވުނު 335-AS/335/2022/56 ނަންބަރު އިޢުލާނާއި ގުޅިގެން، ހުށަހެޅި ފަރާތްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް:https://forms.gle/ecv2FGUSRzNFMWN6A

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       އަންދާސީ ހިސާބާއި ގުޅޭ އިތުރު މަޢުލޫމާތު މި ކައުންސިލްގެ އީމޭއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މޭ 2022
ހޯދާ