މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަމާލުކަމަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ގާއިމުކުރެވިފައިވާ، މިމިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތް މި މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މިގޮތުން، ޕޯޓްތަކުގައި ކުރެވޭ ކަރަންޓީން އިންސްޕެކްޝަންގެ ޚިދުމަތްދެވޭ ގަޑިތަކަށް ތިރީގައި ދެންނެވިފައިވާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.   

ޚިދުމަތްދެވޭ ގަޑިތައް: މެންދުރުފަހު 13:00 އިން ރޭގަނޑު 23:30 އަށް

ވީމާ، އެއަރޕޯޓް ކާގޯ، އެއަރޕޯޓް އެރައިވަލްސް އަދި މާލެ ކާގޯ ޕޯޓްތަކަށް ގެނެވޭ، ދިރޭ ޖަނަވާރު، ގަސްގަހާގެހި އަދި ދޫނިސޫފާސޫފި ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އިސްވެ ދެންނެވިފައިވާ ގަޑިތަކުގައިކަން ޚިދުމަތް ހޯދާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3303743 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 މޭ 2022
ހޯދާ