ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޢިމާރާތްކުރާ ސްޕެސިއަލް ނީޑްސް ކުލާސްރޫމް ބްލޮކްގެ ކޮންކުރިޓް މަސައްކަތާއި ކަރަންޓް މަސައްކަތް ކުރުން

1   ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޢިމާރާތްކުރާ ސްޕެސިއަލް ނީޑްސް ކުލާސްރޫމް ބްލޮކްގެ ކޮންކުރިޓް މަސައްކަތާއި ކަރަންޓް މަސައްކަތް ކުރުން

 މިމަރުކަޒުގެ ސްޕެސިއަލް ނީޑްސް ކުލާސްރޫމް ބްލޮކުގެ ކޮންކުރިޓް މަސައްކަތާއި ކަރަންޓް މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)GS08/2022/20 އަށް އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2  މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު 2022 މެއި 08 އިން 2022 މެއި 16 ވަނަ ދުވަހުގެ 13:00 ގެކުރިން [email protected]  އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 3  މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މެއި 16 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4  މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލްވުން އޮންނާނީ 2022 މެއި 16 ވަނަ ދުވަހުގެ 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

 5  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މެއި 19 ވަނަ ދުވަހުގެ 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

 6  މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގުގެ 1% ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7   މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8   އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

10 މޭ 2022
ހޯދާ