ދިވެހިރާއްޖެ
އިޢުލާން
ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ 411-B/IUL/2022/22 (19 އެޕްރީލް 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން ބިޑްގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 16 މެއި 2022 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޝައްވާލް 1443
09 މެއި 2022