މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ - އެންޓަރޕްރައިޒް ޑިޕާޓްމަންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

މި އިޢުލާންވަނީ 10 މޭ 2022 08:25 ގައި ބާތިލް ކުރެވިފައެވެ.


No AFC/HR/2022/08: 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޑެޕިއުޓީ މެނޭޖަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެންޓަރޕްރައިޒް ޑިޕާޓްމަންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

ޖުމްލަ މުސާރަ:

 16,260/-ރުފިޔާ)  ސޯޅަ ހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 
  •  

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން ގިނަ ވަގުތު މަސައްކަތްކުރެވޭނެ ހީވާގި ފަރާތެއް ކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤަވައިދުތަކަށް ބޯލަބައި ޢަމަލުކުރުން. އަދި ތަނުގެ މަސްލަޙަތު ނުގެއްލޭފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ޢަމަލުތައް ބެހެއްޓުން.
  • ގަޑިއަށް ސަމާލުވެ ވަޒީފާއަށް ޙާޒިރުވުން. އަދި މަސައްކަތަށް ފަރުވާތެރިވުން.
  • އޭ.އެފް.ސީގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ އައިސް ޕްލާންޓް ތަކުގެ ޑެއިލީ އޮޕަރޭޝަންސް ހިގާ ނުހިގާ ގޮތް ބަލައި ހެޑް އޮފް ޑިޕާރޓްމަންޓަށް ޑެއިލީކޮށް ރިޕޯރޓް ކުރުން.
  • އައިސްޕްލާންޓްތަކުން ދުވަހުން ދުވަހަށް ފޮނުވާ ޙާޟިރީ ރިޕޯރޓާއި އޯޓީ / ހޮލިޑޭ ރިޕޯރޓުތައް އެއްވެސް މައްސަލައެއް އުޅޭތޯ ޗެކުކޮށް މައްސަލައެއް އުޅޭނަމަ އެޗް އާރް ޑިޕާރޓުމެންޓަށް އެމައްސަލަ ހުށައެޅުން، އަދި އެޗް އާރުން އޯޓީ / ހޮލިޑޭ ސިސްޓަމަށް އެޅުމުން މައްސަލައެއް ދިމާނުވާނެހެން ވީހާވެސް އަވަހަކަށް އެޕްރޫވް ކުރުން
  • އައިސްޕްލާންޓް ތަކުގެ ޑެއިލީ ސޭލްސް، ކޭޝް ބެލެންސް، ސްޓޮކް ބެލެންސް ފަދަ މުހިންމު މަޢުލޫމާތު ދުވަހުން ދުވަހަށް އެއްކޮށް ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.
  • އައިސް ޕްލާންޓް ތަކުގެ ކޭޝް ބެލެންސް ވިހާވެސް ގާތުން ބަލައި އައިސް ޕްލާންޓް ތަކުގައި ކޭޝް އިތުރުވިޔަ ނުދީ ދުވަހުން ދުވަހަށް ލިބޭ ލާރި ޖަމާކުރުމަށް ނުވަތަ އޭ.އެފް.ސީ އަށް ފޮނުވުމަށް ބާރުއެޅުން. އަދި ލިބޭ ލާރި ޖަމާކުރުމުގައި ނުވަތަ އޭއެފްސީ އަށް ފޮނުވުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ ލަސްނުކޮށް ހެޑް އޮފް ޑިޕާރޓްމަންޓަށް ރިޕޯރޓް ކުރުން.
  • އައިސް ޕްލާންޓުތަކާއި ޙަވާލުވެ ތިބޭ މެކޭނިކުން / ކޭޝިއަރުން ޗުއްޓީ ދާން އެދިއްޖެ ޙާލަތެއްގައި އެމުވައްޒަފުން ކުރަމުންއައި މަސައްކަތް އެހެން މީހަކާއި ޙަވާލުކުރާއިރު މެމޯއަކުން ޙަވާލުކުރުން އަދި ޙަވާލުކުރާއިރު އިންވެސްޓްރީ ( ފައިސާއާއި މަސްކޭސް )  ރިޕޯރޓު ނަގައި އެކައުންޓުސް ޑިޕާރޓުމެންޓަށް ފޮނުވުން އަދި ކޮޕީ އެޗް އާރަށް ފޮނުވުން
  • އައިސް ޕްލާންޓް ތަކުގެ މަންތްލީ ސޭލްސް ރިޕޯޓް ހެދުން (އައިސް، ދަޅުމަސް).
  • އައިސް ޕްލާންޓް ތަކުގެ މަންތްލީ ފިއުލް ކޮންސަމްޕްޝަން ރިޕޯޓް ހެދުން.
  • އައިސްޕްލާންޓްތަކަށް ބޭނުންވާ މުދަލަށް ހެޑް އޮފް ޑިޕާރޓްމަންޓްގެ ލަފާގެމަތިން ލަސްނުކޮށް އޯޑަރކުރުން.
  • އައިސްޕްލާންޓްތަކަށް އޯޑަކުރާ މުދާ ލިބުމުން ޑެލިވަރީ ނޯޓް ހަދައި އެމުދަލެއް އައިސްޕްލާންޓްތަކަށް ފޯރުކޮށްދިނުން.
  • އައިސް ޕްލާންޓް ތަކަށް ކުންފުނީގެ ފަރާތުން ކުރާ ދަތުރު ތަކުގައި ބައިވެރިވެ އައިސް ޕްލާންޓް ތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށް ދިމާވާ މައްސަލަތައް ދެނެގަނެ ހެޑް އޮފް ޑިޕާރޓްމަންޓަށް ރިޕޯރޓްކުރުން.
  • އޭ އެފް ސީގެ ވެރިންނަށް އޮންނަ މީޓިންގ ( މޯރނިންގ ބްރީފިންގ ) ގައި ބައިވެރިވުމަށްޓަކައި ބްރީފިންގ އޮންނަ ގަޑިޔަށް ޙާޟިރުވާންވާނެއެވެ. އަދި އެމީޓިންގައި އައިސްޕްލާންޓްތަކުގައި ދިމާވާ މައްސަލަތައް ޙިއްސާ ކުރަންވާނެއެވެ.
  • އައިސް ޕްލާންޓް ތަކަށް ބޭނުންވާ އެމްޖީއޯ ޑެލިވަރކޮށް ދިނުމަށް އެމްއާރުއެން ހަދައި ވެއަރހައުސް އަށް ފޮނުވުން ނުވަތަ
  •  މަސްގަންނަ ބޯޓެއް ބަނދަރުގައި ހަރާކާތް ތެރިވާނަމަ އެފްޕީއެލްޑީ އާއި މަޝްވަރާކޮށް ބޭނުންވާ ތެލަށް އެދި ރޯޑިއޯ މެސެޖް އެފްޕީއެލްޑީ އަށް ފޮނުވުން. އަބަދުވެސް ޕްލާންޓު ހިންގޭވަރަށް ޕްލާންޓުގައި ތެޔޮ ހުރިތޯބަލައި ޗެކުކުރަންވާނެއެވެ.
  • އައިސް ޕްލާންޓް ތަކަށް ބޭނުންވާ އަޑީތެޔޮ، ދަވާދު އަދި ފިލްޓަރ ފަދަ އިންޖިނިއަރިން ޑިޕާރޓްމަންޓު މެދުވެރިކޮށް ފޮނުވަން ޖެހޭ ތަކެއްޗަށް އެމްއާރުއެން އިންޖިނިއަރިން އިން ހެދުމަށް ފަހު އެތަކެތި ވެއަރހައުސް އިން ނަގައި އައިސްޕްލާންޓް ތަކަށް ފޮނުވުން.
  • އައިސްޕްލާންޓްތަކަށް ބޭނުވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން.
  • އެންޓަރޕްރައިސް ޑިޕާރޓްމެންޓާއި ޙަވާލުވެގެން ހުންނަ ފަރާތް ޗުއްޓީ ނުވަތަ ދިމާވާ ކަމަކާއި ގުޅިގެން ވަޒީފާއަށް ނާދެވޭ ޙާލަތުގައި އެންޓަރޕްރައިސް ހެޑުގެ ޒިންމާ ފުރިހަމަޔަށް ނަގަންވާނެއެވެ.
  • ޑިޕާޓްމަންޓްގެ އެހެނިހެން ސެކްޝަންތައް ހިންގުމުގައި އެއްބާރުލުން ބޭނުންވެއްޖެ ހިނދެއްގައި ފުރިހަމަ އެއްބާރުލުން ދިނުން.
  • އޭ.އެފް.ސީ ގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
  • ކުންފުނިން ރާވާހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް މެނޭޖުމެންޓުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
    • އީމެއިލް ކުރައްވާނީ  [email protected]
    •             [email protected]
    • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ17 މޭއި 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
    • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

09 މޭ 2022
ހޯދާ