މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަރވައިޒަރ - އެފް.ޕީ.އެލް.ޑީ/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި އިޢުލާންވަނީ 10 މޭ 2022 08:26 ގައި ބާތިލް ކުރެވިފައެވެ.


No:  AFC/HR/2022/07 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެފް.ޕީ.އެލް.ޑީ/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

10,370 ރުފިޔާ - ދިހަ ހާސް ތިން ސަތޭކަ ހަތްދިހަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން ގިނަ ވަގުތު މަސައްކަތްކުރެވޭނެ ހީވާގި ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެފް.ޕީ.އެލް.ޑީ އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.
  • ސެންޓަރުގައި ހިންގަމުންދާ މަސްގަތުމުގެ ހުރިހާ ޙަރަކަތްތަކާއި، ސެންޓަރުން އޮޕްރޭޓްކުރާ އުޅަނދުފަހަރާއި، މަސްގަންނަ ބޯޓުފަހަރާއި، އައިސްޕްލާންޓްތަކާއި، ކޯލްޑް ސްޓޯރާއި، ބަނދަރާއި މި ބަނދަރަށް އަންނަ ބޯޓުފަހަރާއި ބެހޭ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުން.
  • މަސްވެރިންގެ އަތުން ރޯމަސްގަނެ ގަނޑުކޮށް ރާއްޖޭންބޭރުގެ މާރކެޓްތަކަށް ވިއްކުމަށް ތައްޔާރުކުރުމާއި މިމަސް ގުދަންކޮށް ބެލެހެއްޓުމާއި، އަދި ކުންފުނިން މަސްވެރިކަން ދިރުވައި އާލާކުރުމުގެ މަޤުސަދުގައި މަސްވެރިންނަށް ދިމާވާ އެކިއެކި ދަތިތަކަށް އެހީތެރިވެދިނުމާއި، ކުންފުންޏަށް ގިނަމަސް ހޯދުމަށް ހިންގަންޖެހޭ ހުރިހާ ޙަރަކާތްތަކެއް އޭ.އެފް.ސީ އިންޗާޖާއި ހެޑް އޮފީހުގެ އޮޕަރޭޝަންސް ހެޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ރާވާ ހިންގުން.
  • ކަނޑު ދަތުރުކުރާ އުޅަނދު ފަހަރު ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ޓްރާސްޕޯޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރަކަށް ބެލެހެއްޓުމާއި ކުރަންޖެހޭ ކަންކަން ކުރުމާއި، ޤާނޫނާއި ޤަވާޢިދުގެ ދަށުން ކުރަންޖެހޭ ސާރވޭކޮށް ހުށަހެޅުން.
  • މަސްގަތުމުގެ މަސައްކަތަށް ކުރުމަށް ބޭނުންވާނެ ހުރިހާ ވަޞީލަތްތަކާއި އިންތިޒާމްތަކާއިއެކު ސެންޓަރުގެ ޖެޓީއާއި މަސްގަންނަ ބޯޓުފަހަރު އެކަމަށް ތައްޔާރުކުރުމާއި ކުރުވުން.
  • މަސްގަތުމުގެ މުޅި އޮޕަރޭޝަން ޑެއިލީކޮށް ބެލެހެއްޓުމާއި ހިނދުން ހިނދަށް ގެންނަވާ ބަދަލު، މޫވްމެންޓް އޭ.އެފް.ސީ އިންޗާޖާއި ހެޑް އޮފީހުގެ އޮޕަރޭޝަންސް ހެޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ގެނައުން.
  • މަސްވެރިކަމުގެ ޙާލަތު ދަނެގަނެ، ކުރިއަށް ލަފާކުރެވޭގޮތުގެ މަޢުލޫމާތު އެއްކޮށް ކުރިއަށް ކުރަންޖެހޭ މަސައްކަތްތައް ޕްލޭންކޮށް މަސައްކަތް ރޭވުން.
  • މަސްވެރިން މަހަށް ފުރުވުމާއި ގިނަ މަސް ހޯދުމަށް ހިންގަންޖެހޭ ހުރިހާ ޙަރަކާތްތަކެއް ހެޑުއޮފީހުގެ އޮޕަރޭޝަން ޑިޕާރޓްމެންޓާއި ގުޅިގެން ރާވައި ހިންގުން.
  • އުޅަންދު ފަހަރުގެ ރަޖިސްޓްރީއާއި، ސޭފްޓީ ސެޓްފިކެޓްގެ ކަންތައް ބެލެހެއްޓުމާއި، ކެޗް ސެޓްފިކެޓް ހެދުމާއި ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގައި ގެންގުޅޭ މުދަލާއި ތަކެއްޗަށް ފަރުވާތެރިވެ ޒިންމާވުން.
  • ސެންޓަރުގެ ބްރައިން ޓޭންކް އޭރިޔާ އަދި ކޯލްޑްސްޓޯރާއި އައިސްޕްލާންޓް ހިމެނޭ ސަރަހައްދުގެ ސްޓީލް ސްޓްރަކުޗަރ ދަބަރުތަޅައި ދަވާދުލާ ބެލެހެއްޓުން. މިގޮތަށް މަދުވެގެން އަހަރަކު 01 ފަހަރު ދަބަރުވެފައި ހުރިތަންތަން ސާފްކޮށް ދަބަރުތަޅައި ބަލަހައްޓަން ވާނެއެވެ.
  • ކޯލްޑް ސްޓޯރުގައި ހުރި މަހުގެ ސައިޒާއި ބަރުދަން ހިމެނޭގޮތަށް ރެކޯޑްބެލެހެއްޓުމާއި އެކު އެއްވެސް ދިމާލަކުން މަހުގެ ތަފާތެއް އަތުވެއްޖެނަމަ އެކަން ތަހުޤީޤް ކުރުމަށް ހުށަހެޅުން.
    • ދަށުން މަސައްކަތް ކުރަން ތިބޭ މުވައްޒަފުންނަށް ދުވަހުން ދުވަހަށް ކުރަންޖެހެ މަސައްކަތްތައް ދައްކާ، އެ މަސައްކަތްތައް ސްޕަވައިޒްކޮށް އެމުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ ފުވައްމުލައް އައިސް ޕްލާންޓްގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
    • އީމެއިލް ކުރައްވާނީ  [email protected]
    •             [email protected]
    • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ17 މޭއި 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
    • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

09 މޭ 2022
ހޯދާ