މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް ދެވަނަ ބުރަކަށް އިޢުލާނު ކުރުމާ ގުޅޭ

އިޢުލާން

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް ދެވަނަ ބުރަކަށް އިޢުލާނު ކުރުމާ ގުޅޭ

         ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް، މި މިނިސްޓްރީއާއި  ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާއި ގުޅޭގޮތުން މި މިނިސްޓްރީން 12 އެޕްރީލް 2022 ގައި ކުރެވުނު އިޢުލާން (ނަންބަރު (IUL)101-AS/1/2022/81) އާއި ގުޅިގެން ދަންނަވަމެވެ. މި ޢިއުލާނުގެ ދަށުން ކޯސްތައް ހިންގުމަށް ހުޅުވާލެވުނު 2 ދާއިރާ ކަމަށްވާ އިންފޯމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ އަދި ޑައިވިންގ ދާއިރާގެ ތެރެއިން އައި.ސީ.ޓީގެ ކޯސްތައް ހިންގުމަށް ކަނޑައެޅިފައިވާ ފީއަށް ބައެއް ބަދަލު ގެނެވި، މި ދެ ދާއިރާގެ ކޯސްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ދެވަނަ ބުރަކަށް ހުޅުވާލަމެވެ. މި ބުރުގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 30 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ.

         ވީމާ، އައި.ސީ.ޓީ، އަދި ޑައިވިންގ ގެ ދާއިރާއަށް ޚާއްސަކޮށް ތަމްރީނު ފްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ޝީޓަށް ރިޢާޔަތްކޮށް އެ ކަރުދާހުގައި ހިމަނާފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. 

         މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަތީގައި ދެންނެވުނު އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަދި އެހެނިހެން މަޢުލޫމާތު މި އިޢުލާނުގައިވާ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.

09 މޭ 2022
ހޯދާ