ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޓަގްބޯޓަކާއި، ބާޖެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މި ކުންފުނީގެ ބޭނުމަށް ޓަގްބޯޓަކާއި، ބާޖެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ ބޭނުމަށް ޓަގްބޯޓަކާއި، ބާޖެއް ސަޕްލައިކޮށްދޭނެެ ފަރާތެއްބޭނުންވެޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

  • ބީލަންކަރުދާސް ހުޅުވާލެވޭ މަސައްކަތް:

މި އިޢުލާނާއި ގުޅިގެން ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ޓަގްބޯޓާއި، ބާޖުގެ ތަފުސީލު ދެވޭނެއެވެ.  

  • ޝިޕްމަންޓްގެ ތާވަލް އަދި ޖުމްލަ އަދަދު:

ޓަގްބޯޓާއި، ބާޖު ސަޕްލައިކުރާނީ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށެވެ.

  • ބީލަމުގައި ރަޖިސްޓަރީ ވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިންގިރޭސި ބަހުނެވެ. އަދި މި ކަރުދާސްެތަށްތިރީގައި ދެންނެވިފައިނާ އީމެއިލް އެޑްރެސްއަށް 2014 ސެޕްޓެމްބަރު 21 ވާ ދުވަހުގެ ސާދަގަޑި ސުންމިނިޓް (14:00) ކުރިން ފައިސާ ޖަމާކުރިކަމުގެ ރަޝީދު ފޮނުވިބޭފުޅުންނަށެވެ. މިއީ ފައިސާއަކީ ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ -/150 އެމެރިކާ ޑޮލަރެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔާސް ޗެކްއަދި ޑައިރެކްޓް ޑިޕޮސިޓް (މިކުންފުނީގެ ބެންކްއޮފް މޯލްޑިވްމެއިން ބްރާންޗްގެ އެކައުންޓް ނަންބަރު 001-100471-7701 ސްވިފްޓް ކޯޑް MALBMVMV ) އެވެ.

  • ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ސެޕްޓެންބަރު 30 ވާ ދުވަހުގެ  ސާދަގަޑި ސުންމިނިޓްގެ ކުރިން 14:00 ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރިއްޔާއިންފޮނުވަންވާނެއެވެ.

  • ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2014 އޮކްޓޫބަރު 13 ވާ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓް 1100 ގައި ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮނަފަރެންސް ރޫމަގަ ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ. 

ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ

އެޑްރެސް:                  ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:               336 44 33 960+ / 333 44 33 960+

ފެކްސް:                   336 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:       އިބްރާހިމް މިރްޒާޤު  

އީމެއިލް:                   [email protected]

އިތުރު މައުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި(GMT+5:00)    

11 ސެޕްޓެންބަރު 2014
ހޯދާ