ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލު ހަމަޖެއްސުމާބެހޭ

 

      މިރަށު ދޮރާށިމިސްކިތު ބިމުގެ އުތުރުން ރަތް ކުލައިން (X) ޖަހާފައި ހުރި ރުއްތަކާއި، ފަޒާގޭގެ ހުޅަނގު އުތުރު ކަންމަތީގައި ޖަހާފައިހުރި ރުއްތަކުގައި ރަތްކުލައިން (X) ޖަހާފައި ހުރި ރުއްތަކުގެ ވެރިފަރާތުން 15 މެއި 2022 ގެ ނިޔަލަށް އެ ރުއްތަކުގެ ބަދަލުކަންތައް ހަމަޖެއްސުމަށް ދަންނަވަމެވެ. މި މުއްދަތުގައި ބަދަލުގެ ކަންތައް ހަމަނުޖައްސާ ހުރި ރުއްތަކަކީ ރ.މ ތަކެތި ކަމުގައި ބަލައި ކަނޑައެޅިފައިވާ އުސޫލުން އެތަކެތި ނައްތާލެވޭނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިސަރަޙައްދުގައި ހުރި ރުއްތަކުގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ރުއްގަހަށް ސަރުކާރުން ހަމަޖައްސަވާފައިވާ އަގުން ވެރިފަރާތާއި ފައިސާ ޙަވާލުކުރެވޭނެއެވެ. ނަމަވެސް މިކައުންސިލުގައި  ރަޖިސްޓްރީ ނުކުރާ އެއްވެސް ރުކަކަށް ބަދަލު ދެވެން ނޯންނާނެ ވާހަކަ ވެސް ދަންނަވަމެވެ.  

      ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

09 މޭ 2022
ހޯދާ