އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ނަންބޯޑް ހަރުކުރުމާއި ގުޅޭ:

                                                       ނަންބަރު:A/IUL/344/2022/31

 

އިޢުލާން

ގޭގޭގެ ނަންބޯޑް ހަރުކުރުމާއި ގުޅޭ:

          ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް މިއަހަރު 2022 ސެޕްޓެމްބަރ 17 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ހަމަޖައްސާފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް 2022 ސެޕްޓެމްބަރ 13 އަދި 14 ގައި ނެގުމަށް ހަމަޖެހިފައިވާތީވެ، ގޭގޭގެ ނަންބޯޑް ހަރުކޮށްފައި ބެހެއްޓުމަށް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

          ވީމާ، މިރަށުގެ ނަންބޯޑް ހަރުނުކޮށް ހުރި ގެތަކުގެ ނަންބޯޑް 2022 އޯގަސްޓް 31 ވާ ބުދަ ދުވަހުގެ ނިޔަލަށް ހަރުކޮށްދެއްވުން އެދި ދެންނެވީމެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

          08 ޝައްވާލް 1443

09 މޭ 2022
ހޯދާ